Advertisement

ޑި ބްރޭނާގެ ގޯލުން މޮޅުވެ ސިޓީ ތިން ވަނަ އަށް

3 މޭ 2025 - 08:25 0


ޑި ބްރޭނާގެ ގޯލުން މޮޅުވެ ސިޓީ ތިން ވަނަ އަށް

3 މޭ 2025 - 08:25 0

މެންޗެސްޓާ (މެއި 3) - ކެވިން ޑި ބްރޭނާ ޖެހި ގޯލުން 1-0 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލް އެވެ. އެ ޓީމަށް ވަނީ 34 މެޗުން 82 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 34 މެޗުން 67 ޕޮއިންޓް ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް 35 މެޗުން 64 ޕޮއިިންޓް ލިބިފައިވެ އެެވެ. ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 34 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އަލުން ތިން ވަނަ އަށް އެރޭނެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޑި ބްރޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޖެރެމީ ޑޮކޫ ނަގައިދިން ހުރަހަކަށް އަރައި، ޑި ބްރޭނާ ވަނީ އެއް ފަހަރުން ޖަހައި، ގޯލުުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިދިޔަ މަހު، ޑި ބްރޭނާ ވަނީ ސިޓީ ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. ޑި ބްރޭނާ ބުނީ އަދިވެސް މި ލެވަލްގައި އޭނާ އަށް ކުޅެވޭނެކަން ސާބިތުވަމުން އަންނަ ކަމަށެވެ.

ރޭގެ މެޗުގައި ވުލްވްސް އިން ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ވުލްވްސްގެ ފުލްބެކް، ރަޔާން އަޔަތު ނޫރީ އާއި މަތެއުސް ކޫންޏާ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި މެޗުން ބަލިވުމުން ވުލްވްސް އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ހަަ މެޗަށް ފަހު ނިމުން އައީ އެވެ.