1 މޭ 2025 - 16:33 1
ލީވާން އަލީ ނާސިރު
މޭ ޑޭ ރެލީއަށް ފުލުހުން ހުރަސް އަޅަނީ. ރެލީއަށް ފުރުސަތު ދޭނެ ކަމަށް ބުނުމަށް ފަހު ފަހު ވަގުތު ފުލުހުންގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން ބުނޭ --- ފޮޓޯ: އަދަދު
1 މޭ 2025 - 16:33 1
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގައި މަސައްކަތްތެރިންގެ ހައްގުގައި ބާއްވާ "މޭޑޭ ރެލީ" ގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.
މޭޑޭ ރެލީގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަން ވެސް ހިމެނެ އެވެ.
މި ރެލީ ރާވާފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި، މަޖީދީ މަގުން އިރަށް ހިނގައި އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ. ނަމަވެސް، ފުލުހުން އައިސް ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައި ރެލީއަށް ހުރަސް އަޅާފަ އެވެ.
މިޙާރު ކުރިއަށްދާ މޭ ޑޭ ރެލީގެ ތެރެއިން
މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރެލީގައި ގޮވައިލަމުންނެވެ. އެ މީހުން އަޑު އުފުލަމުން ދަނީ މިވަގުތު ރަސްފަންނު ސަރަހައްދުގަ އެވެ.
މިއީ މުޒާހަރާއެއް ނޫން ކަމަށާއި މި ރެލީއަށް ފުރުސަތު ދިނުމަށް ރެލީ އިންތިޒާމު ކުރާ ފަރާތްތަކުން ދަނީ އެދެމުންނެވެ.
ޕޯޓް ވޯޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ދަނީ ގޮވައިލަމުންނެވެ.
ރިސޯޓު މަސައްކަތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ގޮވައިލަމުންދާއިރު، ޑްރައިވާސް އެސޯސިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށް ގޮވައިލަމުންނެވެ.
ރަސްފަންނުން ފެށި އެ ރެލީ ނިންމާލުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗަށެވެ.
Comment