Advertisement

ހާލަންޑް އާއި ރޮޑްރީ ސިޓީގެ ޕްރެކްޓިހަށް

1 މޭ 2025 - 08:46 0


ހާލަންޑް އާއި ރޮޑްރީ ސިޓީގެ ޕްރެކްޓިހަށް

1 މޭ 2025 - 08:46 0

މެންޗެސްޓާ (މެއި 1) - އަނިޔާގެ ސަބަބުން ކުޅުމާ ދުރުުގައި ހުރި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އާއި ރޮޑްރީ، އެ ކްލަބްގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ރޮޑްރީ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ފެބްރުއަރީ މަހު، އިންޑިވިޖުއަލް ޓްރެއިނިން އަށް ނުކުތް ރޮޑްރީ، ޓީމު ޓްރެއިނިންތަކުގައި ބައިވެރިވާން ފަށާފައިވަނީ، ފާއިތުވި ހަފްތާގަ އެވެ.

އެފްއޭ ކަޕްގައި ބޯންމައުތު އަތުން މާޗް 30 ވަނަ ދުވަހު، ސިޓީ މޮޅުވި މެޗުގައި ހާލަންޑްގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރަށް ދާން ޖެހުނެެވެ. އަނިޔާ އިން ރިކަވާވެގެން، ހާލަންޑް ވެސް މިހާރު އަންނަނީ ޓީމު ޓްރެއިނިންތަކުގައި ބައިވެރިވަމުންނެވެ.

ސިޓީ އަށް ބާކީ އޮތީ، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗުގެ އިތުރުން، ޕްރިމިއާ ލީގުގެ ހަތަރު މެޗެވެ. ހާލަންޑް، ފިޓްވި ހާ އަވަހަކަށް ސިޓީގެ މެޗުތަކުން ފެނުމުގެ ފުރުސަތު ބޮޑެވެ. އެއީ، ލީގުގެ ގަދަ ފަހެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ސިޓީން ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުމަށްޓަކަ އެވެ.

އެކަމަކު، ސިޓީން ރޮޑްރީ ބޭނުންކުރަން ވިސްނަނީ، އަންނަ މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.