Advertisement

‏ކެންޔާގައި 3ޑީ ޕްރިންޓަރުން މަސްނޫއީ އަތްފައި އުފައްދަނީ

3 މޭ 2025 - 06:54 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


‏ކެންޔާގައި 3ޑީ ޕްރިންޓަރުން މަސްނޫއީ އަތްފައި އުފައްދަނީ

3 މޭ 2025 - 06:54 0

‎‏3ޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ‏‏ކެންޔާގެ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ‏‏އިންސާނުންގެ މަސްނޫއީ ގުނަވަންތައް އުފައްދަން ‏‏ފަށައިފިއެވެ. ‏

‏ކެންޔާގެ ކުންފުންޏެއް ކަމަށްވާ ޕްރޮތިއާގެ މި އާދަޔާ ‏‏ހިލާފު މަސައްކަތުގެ ސަބަބުން އެ ގައުމުގެ ގިނަ ‏‏އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ‏‏ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ‏‏ދެކެލައްވައެވެ‏‎.‎

‏ޕްރޮތިއާއިން އުފައްދާފައިވާ މަސްނޫއީ ‏‏ގުނަވަން ބޭނުން ހިފަމުންދާ ފަރާތެއް ކަމުގައވާ ‏‏ސްޓީފަން އޮޗިއެން ބުނީ، އެ ކުންފުނިން އުފައްދާ ‏‏އަތްފައި ވަރަށް ލުއިފަސޭހަ ވެފައި އަދި އަގުހެޔޮ ‏‏ކަމަށެވެ.

‏އޭނާގެ ދެފައި ބުރިކޮށްލަން ޖެހުނީ ދާދިފަހަކުން ‏‏ދިމާވި ހިތާމަވެރި ހާދިސާއެއްގައި ރޭލެއްގެ ދަށަށް ‏‏ވެއްޓުމުގެ ސަބަބުންކަމަށް އޭނާވަނީ ބުނެފަ އެވެ.

‏ޕްރޮތިއާގެ މަސްނޫއީ އަތްފައިގެ ބޭނުން ‏‏ހިފަމުންދާ އަނެއް ފަރާތަކީ 24 އަހަރުގެ ސިންޑީ ‏‏ޗެރޮޓިޗްއެވެ. އޭނާގެ އެއް ފައި ގެއްލުނީ ‏‏މޮޓޯސައިކަލް އެކްސިޑެންޓެއްގައެވެ. ސިންޑީ ބުނީ ‏‏މަސްނޫއީ ފައިގެ ސަބަބުން އޭނާއަށް އަމިއްލަ ‏‏މިނިވަންކަން އަލުން ހޯދިފައިވާ ކަމަށެވެ‏‎.‎

‏ޕްރޮތިއާ ކެނިޔާގެ ބާނީ ޑރ.ނިކް ވެރެ ވިދާޅުވީ، ‏‏3ޑީ ޕްރިންޓިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ‏‏އުފައްދާ މަސްނޫއީ އަތްފައި ބޭނުންވާ މީހާއަށް ހާއްސަކޮށްގެން ފަރުމާކުރުމުގެ ފުރުސަތު ‏‏ބޮޑުކަމަށެވެ.

ބަލިމީހާގެ އަތްފައި ‏‏ސްކޭންކޮށްގެން އެ މީހަކަށް އެންމެ އެކަށީގެންވާ ‏‏ގޮތަށް މަސްނޫއީ ގުނަވަން އުފެެއްދޭނެ އެވެ.

‏މި އައު ޓެކްނޮލޮޖީގެ ސަބަބުން ކެންޔާގެ އިތުރުން ‏‏އެހެން ގައުމުތަކުގެ އެތައް ރައްޔިތުންނަކަށް ‏‏އެމީހުންގެ އަނދިރި ހިތާމަވެރި ދިރިއުޅުން އުފާވެރި ‏‏ކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ‏‏ޑރ.ނިކް ވިދާޅުވި އެވެ. ‏

‏ކެންޔާއަކީ އިރުމަތީ އެފްރިކާގައި ވަރަށް އާބާދީ ބޮޑު ‏‏އަދި އިގުތިސާދީ ގޮތުން ކުރިއަރަމުން އަންނަ ‏‏ގައުމެކެވެ. ނަމަވެސް، އެ ގައުމުގައި ވެސް ސިއްހީ ‏‏ހިދުމަތްތައް ލިބުމުގައި ގޮންޖެހުންތަކެއް ހުރެއެވެ. ‏‏ހާއްސަކޮށް މަސްނޫއީ އަތްފައި ފަދަ ހާއްސަ ‏‏ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރެއެވެ. ‏

‏މީގެ ކުރިން ކެންޔާގައި މަސްނޫއީ އަތްފައި ‏‏އުފައްދަމުން އައީ ބޭރު ގައުމުތަކުން އިމްޕޯޓުކޮށްގެން ‏‏ނުވަތަ އާދައިގެ ގޮތްތައް ބޭނުންކޮށްގެންނެވެ. ‏‏މިކަމުގެ ސަބަބުން ގިނަ ފަހަރަށް މަސްނޫއީ ‏‏އަތްފައި ލިބުމަށް ގިނަ ދުވަސްތަކެއް ހޭދަވެ، އަދި އަގު ވެސް ބޮޑުވެ.