Advertisement

ޗައިނާގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ

30 އޭޕްރީލް 2025 - 11:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޗައިނާގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން --


ޗައިނާގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ

30 އޭޕްރީލް 2025 - 11:41 0

ޗައިނާގެ ލިއައޯޔެންގް ސިޓީގައި ހުރި ރެސްޓޯރެންޓެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޖިންޕިންގް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އެ ހާދިސާގައި ޒަހަމްވީ ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ރެސްޓޯރެންޓުގެ ކުޑަދޮރުތަކާއި ދޮރުތަކުން ހުޅުގަނޑު ފަޅައިގެންދާ މަންޒަރު ފެނެ އެވެ.

މިހާތަނަށް ވެސް އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ޗައިނާގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތް ކުރާތީ އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވެ އެވެ.