Advertisement

އިތުރު ފަރުވާއަށް ޔުމްނު ގޮވައިގެން އާއިލާއިން މެލޭޝިޔާއަށް ފުރައިފި

26 އޭޕްރީލް 2025 - 23:16 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގެ -- ފޮޓޯ: އަދަދު


އިތުރު ފަރުވާއަށް ޔުމްނު ގޮވައިގެން އާއިލާއިން މެލޭޝިޔާއަށް ފުރައިފި

26 އޭޕްރީލް 2025 - 23:16 0

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިތުރު ފަރުވާ ދިނުމަށް އޭނާ ގޮވައިގެން އާއިލާއިން މެލޭޝިޔާއަށް ފުރައިފި އެވެ.

ޔުމްނު ގޮވައިގެން އޭނާގެ އާއިލާއިން މެލޭޝިޔާއަށް ފުރީ މިރޭ 9:00 ގަ އެވެ. ޔުމްނު ގޮވައިގެން އާއިލާއިން ފުރީ ސަރުކާރުން ހަމަޖައްސައިދިން 385،500ރ. އާއި އާންމުން އާންމުން ހަދިޔާކުރި ހަ ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހިފައިގެންނެވެ.

ޔުމްނުގެ ފަރުވާއަށް 57،000 އަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 878،940ރ. އެވެ. އޭނާއަށް ފަރުވާ ދިނުމަށް ހަމަޖެހިފައި ވަނީ މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުންނެވެ.

އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށީ މިރޭ 7:00 ޖަހާކަންހާއިރެވެ. އޭގެ ދޮޅު ގަޑިއިރު ފަހުން އެ ފައިސާ ވަނީ ހަމަޖެހިފަ އެވެ. ވަރަށް ގިނަ އާންމުން ވަނީ ޔުމްނުގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރި އެވެ.

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ކުއްލި ގޮތަކަށް ހޯދަންޖެހުނީ، ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނުމަށްފަހު، ފައިސާ ހަމަޖެހެން ނެތް ކަމަށް މިއަދު އެންގުމުންނެވެ.

ފަރުވާގެ ހުރިހާ ހަރަދެއްގައި ހިފެން ނެތް ކަމަށް ސަރުކާރުން ބުނިއިރު، ޔުމްނުގެ ފަރުވާއަށް އެހީތެރިވާން އެތައް ބަޔަކު އާއިލާއަށް ގުޅަމުންދިޔަ އެވެ. އެކަމަކު، ސަރުކާރުން އެހެން ބުނެފައި އޮތުމުން އާއިލާއިން ބުނަމުންދިޔައީ މިވަގުތު އެހީތެރިކަން ބޭނުންނުވާ ކަމަށެވެ.

ނަމަވެސް ޔުމްނުގެ ބޭސްފަރުވާއަށް ބޭނުންވާ ހުރިހާ ފައިސާއެއް ސަރުކާރުން ހަމަޖައްސައި ނުދެވޭނެކަން މިއަދު އެންގުމުން ސަރުކާރުން ބުނި އެއްޗެއް ގަބޫލު ކުރެވުނީތީ ހިތާމަ ކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.

ޔުމްނުގެ މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ވަނީ ބިނދިފަ އެވެ. އޭގެ އިތުރުން ވެސް ބައެއް އަނިޔާތައް ވެފައި އެބަ ހުއްޓެވެ. އޭނާއަށް ފަރުވާދެމުން ދިޔައީ އައިސީޔޫގައި ބާއްވައިގެންނެވެ.