26 އޭޕްރީލް 2025 - 12:44 2
މުހައްމަދު ޝަހްޒާން
ކާނިވަލުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ފިއްޓޭ ވާހަކަދައްކަވަނީ؛ އެނާއަކީ މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ބޭފުޅެއް -- ފޮޓޯ: މިރާޝް ނާޝިމް
26 އޭޕްރީލް 2025 - 12:44 2
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) އަށް މީހަކު ހަމަލާ ދީފި އެވެ.
އަދަދު އާ ވާހަކަަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ ހަމަލާ ދިނީ ޖަނާޒާއެއްގައި ބައިވެރިވުމަށް ސަހަރާއަށް ގޮސް ހުއްޓައި އޭނާގެ ބުރަކަށްޓަށް ކަމަށެވެ. ހަމަލާ ދިނީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އެއީ ކާކުކަން ނޭނގޭ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
ހަމަލާ ދިނީ އަތުން ބުރަކަށީގައި ޖަހައި ކަމަށް ފިއްޓެ ވިދާޅުވި އެވެ.
"ކާކުކަމެއް ނޭނގޭ، ވަރަށް ރުޅިގަދަ މީހެއް، އުމުރުން ދުވަސްވީ، ގަސްދުގައި ދިން ހަމަލާއެއްކަން އެނގުނީ ދެވަނަ ފަހަރަށް އައިސް އިންޒާރު ދިނީމާ، ދެން އެނގިއްޖެ މިއީ ކާކުކަން އެނގިގެންކަން މިއުޅެނީ،" ފިއްޓޭ ވިދާޅުވި އެވެ.
"ބުނީ ރަށުގައި ގޮސް އުޅޭށޯ ފުއްޕާފައި، މާލޭގައި ތިހެން ނޫޅެވޭނެޔޯ، އެކަހަލަ އެއްޗެކޭ ބުނީ، މާބޮޑަށް ސާފެއް ނުވި ބުނި އެއްޗެއް،" ފިއްޓޭ ވިދާޅުވި އެވެ.
ފިއްޓޭ ވިދާޅުވީ އޭނާއަށް ހަމަލާދިނީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މީހާއަކީ އާންމުކޮށް ވެސް އެގޮތަށް ރުޅި ގަދަވާ މީހެއް ކަމަށް ފަހުން މައުލޫމާތު ލިބުނު ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
ފިއްޓޭއަށް ހަމަލާދިން މައްސަލައާ ގުޅިގެން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment