Advertisement

‏އޭއައި ތަމްރީނު ކުރުމަށް ބައިޑޫގެ "ކުންލުން ޗިޕް" ބޭނުންކުރެވޭނެ ‏

27 އޭޕްރީލް 2025 - 15:48 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ބައިޑޫ ކުންފުންޏަކީ ޗައިނާގައި ފާހަގަ ކޮށްލެވޭފަދަ ބޮޑު ޓެކް ކުންފުންޏެއް --


‏އޭއައި ތަމްރީނު ކުރުމަށް ބައިޑޫގެ "ކުންލުން ޗިޕް" ބޭނުންކުރެވޭނެ ‏

27 އޭޕްރީލް 2025 - 15:48 0

‏ޗައިނާގެ ބޮޑު އިންޓަނެޓް ކުންފުނި ބައިޑޫއިން އެ ކުންފުނިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ތިންވަނަ ޖީލުގެ ‏‏ޕީ800 ކުންލުން ޗިޕްގެ 30،000 ޗިޕް އެކުލެވޭ ކްލަސްޓަރެއް "އިލުމިނޭޓް" ކޮށްފައިވާ ކަމަށާއި، މި ކްލަސްޓަރުން ‏‏ޑީޕްސީކް ފަދަ މޮޑެލްތައް ތަމްރީނު ކުރެވޭނެ ކަމަށް ބައިޑޫގެ ސީއީއޯ ރޮބިން ލީ ބުނެފިއެވެ‏‎.‎

‏ބައިޑޫގެ އަހަރީ ޑިވެލޮޕަރ ކޮންފަރެންސްގައި ހުކުރު ދުވަހު ވާހަކަދައްކަމުން ރޮބިން ލީ ބުނި ގޮތުގައި ޕީ800 ‏‏ކްލަސްޓަރުން ސަތޭކަ ބިލިއަން ޕެރަމީޓަރުގެ ޑީޕްސީކް ފަދަ މޮޑެލްތައް ތަމްރީނު ކުރެވޭނެއެވެ. އަދި އެއްފަހަރާ ‏‏1000 ކަސްޓަމަރުންނަށް ބިލިއަނަކަށްވުރެ ގިނަ ޕެރަމީޓަރުގެ މޮޑެލްތައް ފައިން ޓިއުން ކުރެވޭނެއެވެ. ޕީ800 ‏‏ޗިޕްތައް ޗައިނާގެ ބޭންކުތަކާއި އިންޓަނެޓް ކުންފުނިތަކުން ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ބައިޑޫއިން ‏‏ބުނެފައިވެއެވެ‏‎.‎

‏މީގެ އިތުރުން ބައިޑޫގެ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ކަމަށްވާ އަރނީ 4.5 ޓާބޯ ވެސް ރޮބިން ‏‏ލީ ވަނީ ތަޢާރަފުކޮށްދީފައެވެ. މި މޮޑެލްގެ ޤާބިލުކަން ވަރަށް މަތި ކަމަށާއި، ކޯޑިންގ އާއި ބަހުގެ ދޭހަ ފަދަ ‏‏ކަންކަމުގައި އިންޑަސްޓްރީގެ އެންމެ މޮޅު މޮޑެލްތަކާ އެއްހަމައެއްގައި ހުރި ކަމަށް އޭނާ ބުންޏެވެ. އަދި އަރނީ ‏‏އެކްސް1 ޓާބޯ ނަމަކަށް ކިޔާ އައު ރީޒަނިންގ މޮޑެލްއެއްވެސް ތަޢާރަފުކޮށްދީފައިވެއެވެ‏‎.‎

‏ބައިޑޫގެ ސީއީއޯ ރޮބިން ލީ ބުނި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔޭގައި އެންމެ މުހިންމު އެއްޗަކީ ‏‏އެޕްލިކޭޝަންތަކެވެ. އެފަދަ އެޕްލިކޭޝަންތަކެއް ނެތި މޮޑެލްތަކާއި ޗިޕްތަކަކީ އަގެއް ނެތް އެއްޗެހި ކަމަށް އޭނާ ‏‏ބުންޏެވެ. އެހެންކަމުން ބައިޑޫގެ އެޕްލިކޭޝަންތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ޤާބިލުކަން ހިމަނަމުންދާނެ ‏‏ކަމަށްވެސް އޭނާ ބުންޏެވެ‏‎.‎

‏ބައިޑޫގެ މި އައު އުފެއްދުން ތަޢާރަފުކޮށްފައި މިވަނީ ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް މާކެޓުގައި ވާދަވެރިކަން ‏‏އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާރު ޓެކްނޮލޮޖީ ކުންފުނިތަކުން ފައުންޑޭޝަން މޮޑެލްތައް ތަރައްޤީކުރުމުގެ ‏‏ބަދަލުގައި ފޯކަސް ކުރަމުންދަނީ އޭއައި ޗެޓްބޮޓްތަކުގެ އިތުރުން އެހެން އެޕްލިކޭޝަންތައް ހޯދުމަށެވެ. މިގޮތުން ‏‏ޔޫޒަރުން ޝައުޤުވެރިކުރުވައި، ހިފެހެއްޓޭނެ އެޕްލިކޭޝަންތަކެއް ހޯދުމަށް މަސައްކަތްކުރަމުންދެއެވެ‏‎.

‎2022‎‏ވަނަ އަހަރު އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ނެރުމާއެކު، އާޓިފިޝަލް އިންޓެލިޖެންސްއަށް ބޮޑެތި ‏‏އިންވެސްޓްމަންޓްތައް ކުރި ޗައިނާގެ ފުރަތަމަ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ބައިޑޫ ހިމެނެއެވެ. ނަމަވެސް، ބައިޑޫގެ ‏‏އަރނީ ބޮޓަށް ވަނީ އޭއައިގެ ވާދަވެރިކަމުގެ ތެރޭގައި ކުރިއެރުން ހޯދުމަށް ދަތިވެފައެވެ‏‎.‎