25 އޭޕްރީލް 2025 - 23:00 4
ސާއިފް ޝިޔާދު
25 އޭޕްރީލް 2025 - 23:00 4
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓުމަށް ފަހު އޭނާ ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ޔުމްނު ވެއްޓިފައިވާ ކަމަށް ކުރިން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، ބުނެފައިވާ ކަމަށް ތަހުގީގަށް އެނގިއްޖެ އެވެ.
"ތަހްގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ނެތް ކަމަށާއި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. ރައުދު މިގޮތަށް ބުނެފައިވަނީ ކޮން މީހެއްގެ ކައިރީގައި ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.
އޭގެ އިތުރުން، ޔުމްނު ވެއްޓުމުގެ ކުރިން އޭނާ އާއި ރައުދުއާ ދެމެދު ދެބަސްވުމެއް ހިނގާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
އޭނާގެ ކުޑަކަމުދާތަކެތީގެ ޓެސްޓުތައް ހެދުމުން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓުން އަމުރުން ވެސް އެނގެ އެވެ. މީގެ ކުރިން ވެސް ފުލުހުން މިހެން ބުނިއިރު އެ ކަމުގައި އޭނާ ހައްޔަރުކޮށްފައި ނުވެ އެވެ.
ރައުދު ހައްޔަރުކުރީ ފުލުހުންގެ ތަހުގީގައި ދޮގު ހެދިކަން ސާބިތުވެ ޒުވާނުންގެ ބޮޑު ނުރުހުމެއް އަމާޒުވެ މުޒާހަރާ ކުރަން ފެށުމުން، ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާގެ ބަންދަށް މިއަދު ފަސް ދުވަސް ވަނީ ޖަހާފަ އެވެ.
Comment