Advertisement

16 އަހަރުގެ ނާއިކް 16 އަހަރުވީ ރެކޯޑެއް މުގުރާލައިފި

25 އޭޕްރީލް 2025 - 22:11 0


16 އަހަރުގެ ނާއިކް 16 އަހަރުވީ ރެކޯޑެއް މުގުރާލައިފި

25 އޭޕްރީލް 2025 - 22:11 0

މިހާރު ކުރިއަށްދާ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހައި ޖަމްޕް އިވެންޓްގައި ވާދަކޮށް 16 އަހަރުގެ ޔޫސުފް ނާއިކް ވަޖީހު، 16 އަހަރުވީ ރާއްޖޭގެ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

މިއީ، މީގެ 16 އަހަރު ކުރިން މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ، އަހުމަދު ޒަބީރު (ޒަބީ) މުގުރާލި ރެކޯޑެކެވެ. ނާއިކް، އެ ރެކޯޑް މުގުރާލީ 1.88 މީޓަރު މަތިން ފުއްމައިގެންނެވެ.

މީގެ 16 އަހަރު ކުރިން، 2009 ވަނަ އަަހަރު، ޒަބީ މި ރެކޯޑް ހެދީ އެ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 1.85 މީޓަރު މަތިން ފުއްމައިގެންނެވެ.

މިދިިޔަ މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދިިޔަ، އޭޝިއާގެ 18 އަހަރުންދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ނާއިކް ވަނީ ރާއްޖޭގެ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ހައި ޖަމްޕް ރެކޯޑް އާ ކޮށްފަ އެވެ. އެ ގޮތުން، ނާއިކް، ރެކޯޑް އާ ކުރީ 1.84 މީޓަރު މަތިން ފުއްމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ ނާއިކް އަތުގަ އެެވެ. އެއީ، މި އަހަރުގެ ފެބްރުއަރީ މަހު ދައްމާމް ޓްރަޔަލްސްގައި، 1.80 މީޓަރު މަތިން ފުއްމައިގެންނެވެ.

ކުރިއެރުމަށް ބަލާއިރު، ހަތަރު މަސް ތެރޭގައި ނާއިކް މި ވަނީ ބޮޑުތަނުން ތަފާތު ދައްކައިފަ އެވެ.