Advertisement

މާލޭގައި މިރޭ އެއްވަގުތެއްގައި ތިން މުޒާހަރާ ފަށައިގެން ކުރިއަށް!

24 އޭޕްރީލް 2025 - 22:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި މިވަގުތު ކުރިއަށް ގެންދާ ޒުވާނުންގެ މުޒާހަރާ؛ ޒުވާނުންގެ އިތުރުން އެމްޑީޕީންނާއި ޓެކްސީ ޑްރައިވަރުން ވެސް ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: އަދަދު


މާލޭގައި މިރޭ އެއްވަގުތެއްގައި ތިން މުޒާހަރާ ފަށައިގެން ކުރިއަށް!

24 އޭޕްރީލް 2025 - 22:49 0

ފުރަމާލޭގެ ތިން ސަރަހައްދެއްގައި އެއްވަގުތެއްގައި ތިން މުޒާހަރާއެއް ކުރަން ފަށައިފި އެވެ.

މިރޭ މާލޭގައި މުޒާހަރާ ކުރަމުން ދަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރާ ޒުވާނުންނާއި ޓެކްސީ ޑްރައިވަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީންނެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަމުން ދަނީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގޭ ދޮށުގަ އެވެ. އެމްޑީޕީން މުޒާހަރާ ކުރަމުން ދަނީ މާލޭގެ މަގުތައް މަތީގަ އެވެ. ޒުވާނުން މުޒާހަރާ ކުރަމުން ދަނީ މަޖީދީ މަގުގަ އެވެ.

މާލޭގައި މިވަގުތު ކުރަމުންދާ ތިން މުޒާހަރާގެ ބައިވެރިން ވެސް މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ.

މިއީ މި ސަރުކާރު ފެށުނުފަހުން އެއް ވަގުތެއްގައި މާލޭގެ މަގުތައް މައްޗަށް އެތައް ބަޔަކު ނުކުމެ މުޒާހަރާ ކުރާ ފުރަތަމަ ފަހަރެވެ. މުޒާހަރާތަކާ ގުޅިގެން މާލޭގެ މަގުތައް މަތީގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރޭ ވެސް މާލޭގައި ޒުވާނުން މުޒާހަރާ ކުރި އެވެ. އެ މުޒާހަރާއާ ގުޅިގެން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން ގެންގުޅު ސްޓޭންޑު ބަދަލުކޮށް މިއަދު ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފުލުހުން ވަނީ ހ. ފެންޓެނޯއީ ގައި ޔުމްނު އާއި ރައުދު އުޅުނު މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށްފަ އެވެ.