Advertisement

ބިލްޑް އެކްސްޕޯގައި އެލިއާގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

24 އޭޕްރީލް 2025 - 15:59 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބިލްޑް އެކްސްޕޯގައި އެލިއާގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

24 އޭޕްރީލް 2025 - 15:59 1

މިއަދު ހަވީރު ފަށާ ބިލްޑް އެކްސްޕޯގައި އެލިއާ ސްޓޯރުގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިމާރާތްކުރުމާއި ބިލްޑިން ސޮލިއުޝަންތަކަށް ހާއްސަ އުފެއްދުންތައް އެއްތަނަކުން ފެނިގެންދާ ބިލްޑް އެކްސްޕޯގައި އެލިއާ ސްޓޯރުގެ އިތުރުން އެލިއާ ސޯމިލް އިން ވިއްކާ އުފެއްދުންތައް ފެނިގެންދާނެ އެވެ.

އެ އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ބިލްޑް އެކްސްޕޯޓުގައި އެލިއާގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ބާއްވާ ލަކީޑްރޯއިން ޓޯޓަލް ޓޫލްސްގެ އަގުހުރި ހަތަރު އިނާމެއް ލިބިގެން ދާނެ އެވެ.

މީގެއިތުރުން އެކްސްޕޯގެ މުއްދަތުގައި އެލިއާއިން ޓޯޓަލް ޓޫލްސް އަދި ސޯމިލްގެ ލަކުޑީގެ ބާވަތްތައް ވިޔަފާރިކޮށްގެން 10 ޕަސަންޓުގެ ޑިސްކައުންޓް ލިބިގެންދާނެ އެވެ.

އެލިއާ އަކީ ޓޯޓަލް ޓޫލްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރެވެ. ޓޯޓަލް ޓޫލްސް އަކީ ދާދި ފަހުން އެލިއާއިން ތައާރަފްކޮށް، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބްރޭންޑެކެވެ.

އެލިއާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރަމުންއަންނަ، 60 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

ލަކުޑި އާއި ހާޑްވެއާގެ ވިޔަފާރިން ފެށުނު އެލިއާގެ ވިޔަފާރި ފުޅާވެ އެލިއާއަކީ ފެންވަރު ރަނގަޅު އިމާރާތްކުރުމުގެ ތަކެއްޗާއި، ޓޫލްސް އަދި ހާޑްވެއާ ރާއްޖޭގައި މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން އަންނަ ދިވެހިންގެ އިތުބާރު ލިބިފައިވާ ތަނަކެވެ.

ބިލްޑް އެކްސްޕޯގައި އެލިއާގެ ސްޓޯލަށް ޒިޔާރަތް ކުރަން އެ ކުންފުނިން ދައުވަތުދީ، ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9679797 އަށް ގުޅުމަށް އެދުނެވެ.