Advertisement

އިންޓަ ކަޓުވާލައި މިލާން އިޓާލިއަން ކަޕް ފައިނަލަށް

24 އޭޕްރީލް 2025 - 11:14 0


އިންޓަ ކަޓުވާލައި މިލާން އިޓާލިއަން ކަޕް ފައިނަލަށް

24 އޭޕްރީލް 2025 - 11:14 0

މިލާން (އޭޕްރީލް 24) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި އިންޓަ މިލާން 3-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި އޭސީ މިލާނުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން ރޭގެ މެޗުގައި މި ތަނުން ކޮންމެ ޓީމެއް މޮޅުވިޔަސް ފައިނަލުގެ ޖާގަ އޮތީ ހުޅުވިފަ އެވެ.

ރޭގެ މެޗުގެ 36 ވަނަ މިނިޓްގައި މިލާނުން ލީޑުނެގީ 36 ވަނަ މިނިޓްގައި ލޫކަ ޔޯވިޗް ޖެހި ގޯލުންނެވެ. މި ގޯލު ޖެހީ މިލާނުގެ އަލެކްސް ހިމެނޭޒް ނެގި ހުރަހަކުން ޔޯވިޗް ބޮލުންނެވެ. މިލާނުން މި ގޯލާ އެކު ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ މިލާނުން ލީޑުފުޅާކުރި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ވެސް ޔޯވިޗް އެވެ. މި ފަހަރު ކޯނަރެއްގައި ތަނަވަސްވި ފުރުސަތަކުން ޔޯވިޗް ވަނީ މި ގޯލު ޖަހައިފަ އެވެ.

އިންޓަ އިން މެޗުގެ ތެރެއަށް ވަދެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ އެވެ. އެކަމަކު، އެ ޓީމަށް ގޯލެއް ޖެހޭގޮތެއްނުވި އެެވެ. މިލާނުންް މި މެޗުގެ ތިން ވަނަ ގޯލު ޖެހީ، 85 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ރަފައެލް ލެއާއޯ ދިން ބޯޅައަކުން މި ލަނޑު ޖެހީ ޓިޖާނީ ރައިންޑާސް އެވެ.

މިލާނުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ފައިނަލުގައި ކުޅޭނީ ބޮލޯނިއާ ނޫނީ އެމްޕޮލީއާ އެވެ. ބޮލޯނިއާ އިން ފުރަތަމަ ލެގުގައި ވަނީ 3-0 އިން އެމްޕޮލީ ބަލިކޮށްފަ އެވެ.

ޖެނުއަރީ މަހު މިލާނުން ވަނީ އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އިޓާލިއަން ކަޕް ކާމިޔާބުކޮށްފިނަމަ، މިލާނުގެ ކޯޗު ސާޖިއޯ ކޮންސެސާއޯ އަށް އޮތް ޕްރެޝަރަށް ލުޔެއް ލިބޭނެ އެވެ.