Advertisement

އެޗްޑީސީގެ ބޯޑުން ވަކިކުރި ވަހީދު އެމްޕީއެލްގެ ބޯޑަށް

23 އޭޕްރީލް 2025 - 17:55 0

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި މުހައްމަދު ވަހީދު: އޭނާ އެޗްޑީސީގެ ބޯޑުން ވަކިކުރީ މި މަހު ކުރީކޮޅު -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


އެޗްޑީސީގެ ބޯޑުން ވަކިކުރި ވަހީދު އެމްޕީއެލްގެ ބޯޑަށް

23 އޭޕްރީލް 2025 - 17:55 0

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މި މަހުގެ ކުރީކޮޅު ވަކިކުރި މުހައްމަދު ވަހީދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑަށް މިއަދު އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ ބޯޑަށް އޭނާ އައްޔަނުކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ އެއް ކުންފުނިން ވަކިކުރުމަށް ފަހު، އެހެން ކުންފުންޏެއްގެ ބޯޑަށް ވަހީދު އައްޔަނުކުރިއިރު، މިއަދާ ހަމައަށް ވެސް އޭނާ އެޗްޑީސީގެ ބޯޑުން ވަކިކުރި ސަބަބެއް ޕީސީބީ އާއި ސަރުކާރުން ވެސް ނުބުނެ އެވެ.

ވަހީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތައް ދިން މައްސަލަ ފެންމަތިވީއިރު، އެޗްޑީސީގެ ބޯޑު މެންބަރެކެވެ. އަދި އެ ބޯޑުގެ އެންމެން ސަސްޕެންޑުކޮށް ފުރުން މަނާކުރި ލިސްޓުގައި ވެސް އޭނާ ހިމެނުނެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފުލުހުން ވަނީ ވަހީދު ހިމެނޭހެން އެ މައްސަލައިގައި ހިފެހެއްޓި ހުރިހާ ޕާސްޕޯޓުތަކެއް ދޫކޮށްލާފަ އެވެ.

ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ހިންގާ ތަހުގީގާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންނާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އިތުރު އެއްވެސް މައުލޫމާތެއް ހިއްސާނުކުރެ އެވެ.