Advertisement

އެސްއޯއީތަކުގެ ވެރިން ރައީސް އޮފީހަށް ހާޒިރުކޮށް ވަޒީރުންނާ އެކު ރައީސް މުއިއްޒު އެބޭފުޅުންނާ ބައްދަލުކުރައްވައިފި

22 އޭޕްރީލް 2025 - 15:56 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެސްއޯއީތަކުގެ އެމްޑީންނާއެކު ކެބިނެޓުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން : ރައީސް އޮފީހުން ބުނީ މިކަން ކުރީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ކަމަށް --- ފޮޓޯ: ރައީސް އޮފީސް


އެސްއޯއީތަކުގެ ވެރިން ރައީސް އޮފީހަށް ހާޒިރުކޮށް ވަޒީރުންނާ އެކު ރައީސް މުއިއްޒު އެބޭފުޅުންނާ ބައްދަލުކުރައްވައިފި

22 އޭޕްރީލް 2025 - 15:56 1

ދައުލަތުގެ ކުންފުނިތަކުގެ ވެރިން ރައީސް އޮފީހަށް ހާޒިރުކޮށް، ވަޒީރުންނާއެކު އެ ބޭފުޅުންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރި ޕޯސްޓެއްގައި ބުނީ ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވީ އެސްއޯއީތަކުގެ މެނޭޖިން ޑިރެކްޓަރުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެމްޑީން ވަނީ މިހާރު ކުރިއަށްދާ މުހިންމު މަޝްރޫއުތަކުގެ އަދާހަމަ ހިއްސާކޮށްފައި ކަމަށެވެ.

އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރައީސް އާއި ވަޒީރުން ހިމެނޭހެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މަޝްރޫއުތަކުގެ ކުރިއެރުމާއި، ކުރިމަތިވެފައިވާ ގޮންޖެހުންތައް އަދި އެކަންކަމުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާމެދު ވާހަކަދެކެވުނު ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް


ރައީސް އޮފީހުން އާންމުކޮށްފައިވާ ފޮޓޯތަކުގައި އެސްއޯއީތަކުގެ ވެރިން ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. އޭގެ ތެރޭގައި އާރުޑީސީ، ވެމްކޯ، ފެނަކަ، އެސްޓީއޯ، އެމްޕީއެލް އަދި އެމްޑަބްލިއުއެސްސީގެ ވެރިން ހިމެނެ އެވެ.

އެސްއޯއީ ތަކުގެ ވެރިން ރައީސް އޮފީހަށް ހާޒިރުކޮށްފައި ވާއިރު، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް އޭގެ ތެރެއިން ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ.

އެގޮތުން، ޕޮލިސް ސްޓޭޝަންތަކާއި ސްކޫލް އިމާރާތްތައް އަދި އެހެނިހެން ކޮންސްޓްރަކްޝަން މަސައްކަތްތައް އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ ހަވާލުކޮށްފައިވެ އެވެ.