Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

22 އޭޕްރީލް 2025 - 10:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖިންސީ ގޯނާގެ އަމަލުތަކާ ދެކޮޅަށް މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިންގި މުޒާހަރާއެއްގެ ތެރެއިން : 54 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މީހާގެ އުމުރަކީ 51 އަހަރު --- ފޮޓޯ: އަދަދު


ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

22 އޭޕްރީލް 2025 - 10:09 0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ އޭނާ 54 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އިއްޔެ ކަމަށެވެ. ހުކުމް ކުރީ 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ސާބިތުވީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގުމުގެ ކުށެވެ.

އޭނާ ހައްޔަރުކުރީ ސެޕްޓެމްބަރު 3، 2022، ގެ ރޭ ހުޅުމާލެއިންނެވެ. އޭނާގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޮކްޓޯބަރު 18، 2022، ގަ އެވެ.

ހުކުމެއްނެތި ޖަލުގައި ތިން އަހަރު ހޭދަކޮށްފައިވުމުން، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ޖުމްލަ 51 އަހަރެވެ. ދުނިޔޭގައި ހުރެއްޖެނަމަ އޭނާ މިނިވަންވާނީ އުމުރުން 102 އަހަރުގަ އެވެ.