Advertisement

ޗައިނާއިން ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ލުއި ރޮބަޓް އުފައްދައިފި

22 އޭޕްރީލް 2025 - 08:19 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

މި ރޮބަޓަކީ ބޭނުންވާ ކޮންމެ ސިފައަކަށް ބަދަލުވެވޭ ރޮބަޓެއް --


ޗައިނާއިން ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ލުއި ރޮބަޓް އުފައްދައިފި

22 އޭޕްރީލް 2025 - 08:19 0

ޗައިނާގެ ޓްސިންގްހުއާ ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ލުއި ވަޔަލެސް އެމްފިބިއަސް ރޮބަޓް އުފައްދައިފި އެވެ.

މި ރޮބަޓަކީ ބޭނުންވާ ކޮންމެ ސިފައަކަށް ބަދަލުވެވޭ ރޮބަޓެކެވެ. މިކަން ދަ ގްލޯބަލް ޓައިމްސްއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައިވެ އެވެ.

ނުވަ ސެންޓިމީޓަރު ދިގު އަދި ބަރުދަނުގައި 25 ގްރާމް ހުންނަ މި ރޮބަޓަށް އެއްގަމުގައި ސިކުންތަކު 1.6 މީޓަރުގެ ސްޕީޑެއްގައި ދުވެވޭނެ އެވެ. މި ރޮބޮޓް ތަރައްގީކުރުމުގައި ސައިންސްވެރިންގެ ޓީމުން އައު މައިކްރޯ އެކްޗުއޭޓަރެއް ޑިޒައިންކޮށްފައިވެއެވެ.

މި އެކްޗުއޭޓަރުގެ ސަބަބުން މައިކްރޯރޮބޮޓްތަކަށް މެދުނުކެނޑި ސިފަ ބަދަލުކޮށް، ވަކި ސިފަތަކެއްގައި "ލޮކް" ވެވޭނެ އެވެ. މިކަމުގެ ސަބަބުން ތަފާތު މާހައުލުތަކުގައި ރޮބަޓްގެ އެޑަޕްޓަބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

މި އެކްޗުއޭޓަރު ބޭނުންކޮށްގެން މޮޑިއުލާ ބިލްޑިން ބްލޮކް ސްޓައިލްގައި ޑިޒައިންކޮށްފައިވާ މި އެމްފިބިއަސް ރޮބޮޓަށް އޭގެ ސްޓްރަކްޗާ ބަދަލުކޮށްގެން ދުވެ އަދި ވައިގައި ދަތުރުކުރެވޭނެ އެވެ. މިއީ ވަރަށް އެޑްވާންސްޑް އެޖިލިޓީ އަދި މެނޫވަރަބިލިޓީ ދައްކުވައިދޭ ކަމެކެވެ.

ރިސާޗް ޓީމް ލީޑްކުރި ޕްރޮފެސަރު ޒަންގް ޔިހުއި ވިދާޅުވި ގޮތުގައި މި ރޮބަޓް އެކުލެވިގެންވަނީ ރޯޓަރުތަކާއި، މޯޓަރާއި، ކޮންޓްރޯލަރާއި، ޕަވަރ ސަޕްލައި ފަދަ އެކި ބައިތަކުގެ މައްޗަށެވެ. މި ހުރިހާ ބައިތަކެއްވެސް ހިންގަނީ އެކްޗުއޭޓަރުތަކުންނެވެ.

މި އައު ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ ހިދުމަތްތަކާއި، ތިމާވެށި ދިރާސާކުރުމާއި، ސިއްހީ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެ އެވެ. ނަމަވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތަކާމެދު އިތުރު ދިރާސާތައް ކުރަން ޖެހޭނެކަމަށް މި ރޮބޮޓް ތަރައްގީކުރި ސައިންސްވެރިން ފާހަގަކުރެ އެވެ.