Advertisement

ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި

22 އޭޕްރީލް 2025 - 10:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމުން ސްކޮލަޝިޕް ކާމިޔާބުކުރި ހަތް ދަރިވަރުންނަށް ލިޔުން ހަވާލުކުރުން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި

22 އޭޕްރީލް 2025 - 10:40 0

ވިލާ ކޮލެޖުގެ މި އަހަރުގެ ސްކޮލަޝިޕް ސްކީމުގެ ދަށުން ހޮވާލެވުނު ހަތް ދަރިވަރަކަށް އިއްޔެ ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ކާމިޔާބުކުރި ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، ޑރ. އަލީ ނަޖީބެވެ.

ވިލާ ކޮލެޖުން ކޮންމެ އަހަރަކުވެސް ހުޅުވާލާ ސްކޮލަޝިޕް ސްކީމްގެ ދަށުން މިފަހަރު ސްކޮލަޝިޕް ފުރުސަތު ދިނީ ހަތަރު ކެޓަގަރީއަކުންނެވެ.

ވިލާ ކޮލެޖުން ސްކޮލަޝިޕް ފުރުސަތު ދިން ހަތަރު ކެޓަގަރީގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް، ވިލާ ކޮލެޖް އެލަމްނައި ސްކޮލަޝިޕް، ވިލާ ކޮލެޖް / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް އަދި ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިސްއެބިލިޓީސް އެެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުން:

ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް

• ހއ. ކެލާ، މުޝްތަރީގެ، މުހައްމަދު ހަމްދޫން.

• ހދ. ކުޅުދުއްފުށި، ގަންގާ، އުމަރު ސާލިމް މުހައްމަދު.

ވިލާ ކޮލެޖް އެލަމްނައި ސްކޮލަޝިޕް

• ހ. ނިއު ހެވަން، އަހްމަދު ހަނޫޝް އަލީ.

• މ. ސްޕޮޓްލައިޓް، އަރީބް ހުސައިން.

ވިލާ ކޮލެޖް / ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް

• ދަފްތަރު ނަންބަރު ރސ 9114، މުހައްމަދު ނައުފް ނިޒާރު.

• މ. ފެހިވިދުވަރުގެ، އިސްމާއީލް ހޫދު ރިޒްވީ.

ސްކޮލަޝިޕް ފޮރ އިންޑިވިޖުއަލްސް ވިތް ޑިސްއެބިލިޓީސް

• ށ. މާރޮށި، ޗަމަން، އިރުޝާދު ގާސިމް.

ވިލާ ކޮލެޖުގެ މި ސްކޮލަޝިޕްތަކުގެ މައިގަނޑު މަގުސަދަކީ، ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް، ވިލާ ކޮލެޖުން ހިންގާ ފުލް-ޓައިމް ކޯސްތަކުގައި، ފުރިހަމަ މާލީ އެހީތެރިކަމާއެކު (ފުލް ފަންޑިން) ބައިވެރިވެ، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޮލެޖުން ބުންޏެވެ.

ދިވެހިރާއްޖޭގެ ތައުލީމީ މައިދާނަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިނުމަކީ ވިލާ ކޮލެޖުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވާއިރު، މި ސްކޮލަޝިޕްތަކުން ރަމްޒުކޮށްދެނީ، ދަރިވަރުންގެ ހުނަރުތައް ތަރައްގީކޮށް، އެކުދިންގެ ކުރިމަގު އުޖާލާކޮށްދިނުމަށް ދޭ އަހަންމިއްޔަތުކަން ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.