Advertisement

ވިލާ ކޮލެޖުގެ ކާމިޔާބު އަހަރެއް؛ 54 ޕްރޮގްރާމަކުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ

20 ސެޕްޓެންބަރު 2025 - 20:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖުން ބޭއްވި ދަސްވެނިވުމުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ ކާމިޔާބު އަހަރެއް؛ 54 ޕްރޮގްރާމަކުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ

20 ސެޕްޓެންބަރު 2025 - 20:08 0

ވިލާ ކޮލެޖުގެ 54 ޕްރޮގްރާމަކުން މި އަހަރު 1،488 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

އެ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން 843 ދަރިވަރުންނާއި ވިލާ ކޮލެޖުން ހިންގާ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ޕްރޮގްރާމްތަކުން 645 ދަރިވަރުން ހިމެނެ އެވެ.

މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޕަސެންޓަކީ އަންހެން ދަރިވަރުން ކަމަށްވާއިރު، 30 ޕަސެންޓަކީ ފިރިހެން ދަރިވަރުންނެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިންޖިނިއަރިން ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ ބެޗްލާ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން، ބެޗްލާ އޮފް މެކޭނިކަލް އިންޖިނިއަރިން އަދި ބެޗްލާ އޮފް މެކަޓްރޯނިކްސް އިންޖިނިއަރިންގެ ފުރަތަމަ ބެޗުގެ ދަރިވަރުން ވެސް ވަނީ މި އަހަރު ދަސްވެނިވެފަ އެވެ.

މީގެ އިތުރުން މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ މާސްޓާ އޮފް ކައުންސިލިން، ބެޗްލާ އޮފް އޭވިއޭޝަން މެނޭޖްމަންޓް، އަދި ބެޗްލާ އޮފް އާޓްސް އިން އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން ޕްރޮގްރާމްގެ ފުރަތަމް ބެޗްގެ ދަރިވަރުން ހިމެނެ އެވެ.

އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ދަސްވެނިވުމުގައި ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު، އަހްމަދު ޝަފީއު ވިދާޅުވީ ވިލާ ކޮލެޖަކީ ހަމައެކަނި މުއައްސަސާއެއް ނޫން ކަމަށާއި އެއީ ތަސައްވުރެއް ކަމަށެވެ.

ވިލާ ކޮލެޖުން ބޭއްވި ދަސްވެނިވުމުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


"މިއަދު އަޅުގަނޑުމެން އުފާކުރަނީ މި މުހިންމު ތަސައްވުރުގައި ހަމަ އެކުރަހާލި ބަޔަކު، ނޫނީ އު ހުވަފެން ދުށް ބަޔެއްގެ ތަސައްވުރުގައި ކުލަޖެހި، އަޅުގަނޑުމެން އެކަންކަން ހަގީގަތަކަށް ވާތަން ދެކޭތީ" އޭނާ ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑްގެ (ޔޫޑަބްލިއުއީ) ޕްރޮގްރާމުން ދަސްވެނިވި ދަރިވަރުންނާ މުހާތަބުކުރައްވައި ޔޫޑަބްލިޔުއީގެ ވައިސް ޗާންސެލާ، ޕްރޮފެސާ ސާ ސްޓީވަން ވެސްޓް ވިދާޅުވީ އެ ދަރިވަރުން މިހާރު ގުޅިގެން އެދަނީ ދުނިޔޭގެ 174 ގައުމަކުން ތައުލީމު ހާސިލްކުރި 300,000 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ޔޫޑަބްލިޔުއީ ބްރިސްޓޮލްގެ ދަސްވެނިންގެ ބައިނަލްއަގްވާމީ ވިއުގައަކާ ކަމަށެވެ.

ވައިސް ޗާންސެލާ، ޕްރޮފެސާ ސާ ސްޓީވަން ވެސްޓް ވަނީ ވިލާ ކޮލެޖާއެކު އޮތް ހަރުދަނާ ގުޅުން ފާހަގަކުރައްވައި، އެ ގުޅުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ތައުލީމެއް ރާއްޖޭގައި ހުރެގެން ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކުރައްވާފަ އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރު، ދަސްވެނިންނާ މުހާތަބުކުރައްވައި ވިދާޅުވީ އިލްމު ލިބިފައިވާ މިންވަރު އިތުރުވާ ވަރަކަށް، ދިރިއުޅޭ މުޖުތަމައު އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް އިތުރުވާނެ ކަމަށެވެ. އެގޮތުން މިހާރު ދަސްވެނިންނަށް މުޖުތަމައުގެ ހެވާއި ލާބައަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިފައިކަން އޭނާ ފާހަގަކުރެއްވި އެވެ.