Advertisement

‏ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް މެރަތަންގައި 21 ރޮބަޓު ވާދަކޮށްފި‏

23 އޭޕްރީލް 2025 - 05:58 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ރޭހުގައި ބައިވެރިވި ރޮބޯޓެއް ދުވަނީ -- ފޮޓޯ: ގެޓީއިމޭޖްސް


‏ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް މެރަތަންގައި 21 ރޮބަޓު ވާދަކޮށްފި‏

23 އޭޕްރީލް 2025 - 05:58 0

‏ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް ހާފް މެރަތަން ރޭހުގައި 21 ރޮބަޓު ‏‏ވާދަކޮށްފިއެވެ.‏‎

‏ބެއިޖިންގެ އީ-ޓައުން ޓެކްނޮލޮޖީ ސަރަޙައްދުގައި ދުނިޔޭގެ ފުރަތަމަ ‏‏ހިއުމަނޮއިޑް ހާފް މެރަތަން ރޭސް ބޭއްވިއިރު، މި ރޭހުގައި ރޮބޯޓުންނާއެކު އިންސާނުން ވެސް ބައިވެރިވިއެވެ‏‎.

‏ބްލޫމްބާގް އިން ރިޕޯޓުކުރި ގޮތުގައި، މި ރޭހުގައި އެންމެ ކުރިއަށް ދިޔަ ‏‏ރޮބަޓަކީ "ތިއަންގޮން އަލްޓްރާ" ‏‏އެވެ. މި ރޮބަޓު ރޭސް ނިންމީ 2 ގަޑިއިރާއި 40 މިނެޓުންނެވެ. އެހެން ނަމަވެސް ‏‏އިންސާނުންގެ ތެރެއިން އެންމެ ކުރިއަށް ދިޔަ ފަރާތުން 1 ގަޑިއިރާއި 2 ‏‏މިނެޓުން މި ރޭސް ނިންމިއެވެ‏‎.

އެކްސްޕޯސްޓް -- ދަ ހިއުމަނައިޑް ހަބް


‏ތިއަންގޮން އަލްޓްރާ ރޭސް ކުރިއަށް ގެންދިޔުމަށް އިންސާނެއްގެ ‏‏އެހީތެރިކަން ބޭނުންވި އެވެ. އެގޮތުން އިންސާނަކު ރޮބަޓުގެ ކުރިން ދުވެ، ‏‏އޭނާގެ ފަހަތުގައި ހަރުކޮށްފައިވާ ސިގްނަލް ދޭ އާލާތަކުން ރޮބަޓަށް މަގު ‏‏ދައްކަމުން ދިޔައެވެ. އެހެން ގިނަ ރޮބަޓުތައް ވެސް ކޮންޓްރޯލް ކުރީ އެ ‏‏ރޮބަޓުތަކުގެ އަރިމަތިން ދުވަމުންދިޔަ އިންސާނުންނެވެ‏‎.

‏ރޭހުގައި ބައިވެރިވި ގިނަ ރޮބަޓުތަކަށް ރޭސް ނިންމުމަށް 3 ގަޑިއިރަށްވުރެ ‏‏ގިނަ ވަގުތު ނެގިއެވެ. އަދި މީގެ ތެރެއިން 4 ރޮބަޓަކަށް ރޭސް ނިންމުނީ ‏‏ 4 ގަޑިއިރުގެ ތެރޭގައެވެ. ‏

‏ބައެއް ރޮބަޓުތަކަށް ފެށުމުގެ ރޮނގުން ރޭސް ފަށަންވެސް ދަތިވިއެވެ. ‏‏މިސާލަކަށް "ޝެންނޮން" ނަމަކަށް ކިޔާ ރޮބަޓު އިންސާނެއްގެ ގައިގައި ‏‏ޖެހުމުގެ އިތުރުން ފާރެއްގައި ޖެހި ހަލާކުވެގެން ދިޔައެވެ. އަދި "ލިޓްލް ‏‏ޖަޔަންޓް" ނަމަކަށް ކިޔާ ރޮބަޓުގެ ބޮލުން ދުން އަރަން ފެށުމާއެކު ‏‏ރޭސް މެދުކަނޑާލަން ޖެހުނެވެ‏‎.

‏މި ރޭހުން ދައްކައިދެނީ އިންސާނުންނާ އަޅާބަލާއިރު ރޮބަޓުތަކުގެ ދުވުމުގެ ‏‏ގާބިލުކަން އަދިވެސް ވަރަށް ބޮޑަށް ދަށްކަމެވެ. އަދި މި ދާއިރާއިން އިތުރު ‏‏ކުރިއެރުންތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމެވެ‏‎.‎