Advertisement

މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

20 އޭޕްރީލް 2025 - 14:17 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބްރޯޑްކާސްޓިން މީޑިއާތަކުގެ ބެލެނިވެރި ފަރާތް، ބްރޯޑްކާސްޓިން ކޮމިޝަން؛ އެ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލީ މެންބަރެއްގެ ދައުރު ހަމަވާތީ -- ފޮޓޯ: ރާއްޖެ އެމްވީ


މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

20 އޭޕްރީލް 2025 - 14:17 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ ކަަމަށެވެ. އެ މެންބަރަކީ އައިމިނަތު އަމީނާ (އަނާ) އެވެ. އޭނާގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ 15 ގަ އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި މަހުގެ 29، ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ނިންމާފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.