Advertisement

އެންޑީއޭގެ ފަރުވާގެ ތެރޭގައި ނަފުސާނީ އަދި ޖިސްމާނީ ކަސްރަތު ހިމެނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރާއެކު މަޝްވަރާކޮށްފި

20 އޭޕްރީލް 2025 - 11:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިންޑިއަން ކަލްޗަރަލް ސެންޓަރުން މީގެ ކުރިން އަންހެނުންގެ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން؛ މަސްތުން ސަލާމަތްވުމަށް އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް -- ފޮޓޯ: އެންޑީއޭ


އެންޑީއޭގެ ފަރުވާގެ ތެރޭގައި ނަފުސާނީ އަދި ޖިސްމާނީ ކަސްރަތު ހިމެނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރާއެކު މަޝްވަރާކޮށްފި

20 އޭޕްރީލް 2025 - 11:57 0

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ދޭ ފަރުވާގެ ތެރޭގައި ނަފުސާނީ އަދި ޖިސްމާނީ ކަސްރަތު ހިމެނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ބޭފުޅުންނާ އެ އިދާރާގެ ވެރިން ބައްދަލުކޮށް، މަޝްވަރާކޮށްފި އެވެ.

އެންޑީއޭގެ އިސްވެރިންނާ ހަވާލާދީ ސަރުކާރުގެ ހަބަރުތައް ގެނެެސްދޭ "ސަރުކާރު" ވެބްސައިޓުގައި ބުނީ މަސްތުން ސަލާމަތްވުމަށް އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށާ ޖެހޭ ފަރުވާގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އެންޑީއޭއިން ދެމުންދާ ފަރުވާގެ ތެރޭގައި ނަފުސާނީ އަދި ޖިސްމާނީ ކަސްރަތު ހިމެނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އެއްބާރުލުން ހޯދުމުގެ މަގުސަދުގަ އެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރަކީ ޔޯގާ ޓްރެއިނިން އާއި އުރުދޫ ބަސް ދަސްކޮށްދޭ ކްލާސްތަކުގެ އިތުރުން އިންޑިއާގެ ކްލެސިކް މިއުޒިކް އާއި ވޯކަލް ޓްރެއިނިންތައް ކުރިއަށް ގެންދާ ސެންޓަރެކެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޮލަންޓިއާ ޕިއާ ވޯކާސްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 30 މީހުންނަށް އެ ފުރުސަތު ހުޅުވާލައިފައިވާކަމަށް އެންޑީއޭއިން ބުންޏެވެ.

އެކަމަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނަންޖެހޭނެ ކަމަށް އެންޑީއޭއިން ކަނޑައަޅާފައި ވަނީ ދެ ޝަރުތެކެވެ. އެއީ ގުރޭޑު ހަތެއް ނިންމާފައި ވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުމެވެ.