Advertisement

އައްޑޫ މަގުން ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

20 އޭޕްރީލް 2025 - 10:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު


އައްޑޫ މަގުން ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

20 އޭޕްރީލް 2025 - 10:28 0

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ތަކެތި އަތުލައިގަތީ އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 130،155 ސިނގިރޭޓު އަތުލައިގަނެފައިވެ އެވެ. އެއީ ގާތްގަނޑަކަށް 6،500 ފޮށި ސިނގިރޭޓެވެ.

އަތުލައިގަތް ސިނގިރޭޓުތަކާމެދު އަމަލުކުރި ގޮތެއް އަދި މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް ނޫނީ ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓުގެ އަގު 240ރ. އަށް އެެރުމާއެކު ސިނގިރޭޓުގެ ކަޅު ބާޒާރެއް ރާއްޖޭގައި ވަނީ އުފެދިފަ އެވެ.

މިއާއެކު، ޑިއުޓީ ނުދައްކައި ވަގަށް ސިނގިރޭޓު އެތެރެކުރުމާއި ރާއްޖޭގައި ސިނގިރޭޓު އުފެއްދުމާއި އެއާޕޯޓު ޑިއުޓީ ފްރީ ފިހާރަތަކުން ވަގަށް ސިނގިރޭޓު ބޭރުކުރުމުގެ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން، މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ގޮސް 103 ކާޑުބޯޑު ފޮށިގަނޑު ޖެނުއަރީ 31، ގައި ފުލުހުން އަތުލައިގަތެވެ. މީގެއިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ އިން ވަގަށް ސިނގިރޭޓު ނެރުނު ފުލުހުންތަކަކާއި ސިފައިންގެ މީހަކު މިދިޔަ މަހު ހައްޔަރުކުރި އެވެ.