Advertisement

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް

19 އޭޕްރީލް 2025 - 09:38 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި މީގެ ކުރިން ބޭއްވި އަސްކަރީ ހިނގާލުމެއްގެ ތެރެއިން؛ މިއަދުގެ ހިނގާލުން ފަށަން ހަމަޖެހިފައި ވަނީ ބަންޑާރަ ކޮށިން -- ފޮޓޯ: އަދަދު ފައިލް


ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް

19 އޭޕްރީލް 2025 - 09:38 0

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހިނގާލުން ފަށާނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަ ކޮށިން ކަމަށެވެ. ބަންޑާރަ ކޮށިން ނިކުމެގެން އަމީރު އަހުމަދު މަގުން އިރަށް ގޮސް ސިފައިން ފުރަތަމަ މަޑު ކުރަން ހަމަޖެހިފައި ވަނީ ރައީސް އޮފީސް ދޮރުމައްޗަށެވެ. ހިނގާލުން ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއަދުގެ ހިނގާލުމުގައި މާލޭގެ ފަސް ސަރަހައްދެއްގައި ސިފައިން މަޑު ކުރާނެ އެވެ. އެއީ:

  • އަމީރު އަހުމަދު މަގު، ރައީސް އޮފީސް ކުރިމަތި
  • ސޯސަން މަގު، ދިވެހި ބަހުގެ އެކެޑެމީ ކުރިމަތި
  • މަޖީދީ މަގު / ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމަތި
  • މަޖީދީ މަގު، މިލިއަން ބުކްޝޮޕް ކުރިމަތި
  • ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި

މިއަދުގެ ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ޑިޕާޓުމެންޓުތަކުގައި މަސައްކަތް ކުރާ ސިފައިން އެ މީހުންގެ ދާއިރާތަކުގެ ޔުނިފޯމުތަކާއި ބޭނުން ކުރާ އަލާތްތައް ދައްކައިލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ބޭންޑުގެ ހުށަހެޅުންތައް ވެސް މި ހިނގާލުމުގެ ތެރެއިން ހުށަހަޅައިދޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަސްކަރީ ހިނގާލުން ނިންމައިލަން ހަމަޖެހިފައި ވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ.