Advertisement

މާޖިދާ ދެކޭގޮތުގައި ވެމްކޯގެ ކާމިޔާބަކީ މުޅި ޓީމުގެ މަސައްކަތް

18 އޭޕްރީލް 2025 - 10:18 0

އަތޫފް އާތިފް

އަތޫފް އާތިފް

ވެމްކޯ ކުޅުންތެރިން ރޭ ކުޅުނު އެސޯސިއޭޝަން ކަޕް ފައިނަލްގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މާޖިދާ ދެކޭގޮތުގައި ވެމްކޯގެ ކާމިޔާބަކީ މުޅި ޓީމުގެ މަސައްކަތް

18 އޭޕްރީލް 2025 - 10:18 0

ކްލަބް ވެމްކޯ އިން މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ސިއްރަކީ ޓީމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ، ކުޅުން ކަމަށް އެ ޓީމުގެ ކެޕްޓަން އައިޝަތު މާޖިދާ (މާޖި) ބުނެފި އެވެ.

ނިމިދިޔަ އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މާޖިދާ ވަނީ ވެމްކޯއާއެކު އެސޯޝިއޭޝަން ކަޕު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ތެރެއިން މިދިޔަ ތިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މާޖި އެވެ.

މާޖި ބުނީ ވެމްކޯ އިން މުބާރާތްތަކުގައި ކާމިޔާބު ހޯދަނީ ކުޅުންތެރިންނާ ކޯޗިން ސްޓާފުން އެކަތިގަނޑަކަށްވެ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުން ކަމަށެވެ،

"މިކަހަލަ މުބާރާތެއްގައި ޖެހިޖެހިގެން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް، ވަރަށް މަސައްކަތް މިއީ. ފުރަތަމަ ކޮޅު ވަރަށް ދަށްކޮށްދިޔައީ، އެކަމަކު މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އައީ." މާޖި ބުންޏެވެ.

މާޖި ބުނީ ޓީމެއްގެ ގޮތުގައި ވެމްކޯ އިން ކުޅެ، ކުރިއަށްހުރި މުބާރާތްތައް ވެސް ވެމްކޯ އިން ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދެން ހުރި މުބާރާތްތަކަށްވެސް ވެމްކޯ އިން ނުކުންނާނީ ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

މާޖިދާ ބުނީ ވެމްކޯ އިން މިދިޔަ އަހަރު ހޯދި ކާމިޔާބީ މިއަހަރު ވެސް ތަކުރާރުކުރަން ތިބީ ތައްޔާރަށް ކަމަށެވެ.