Advertisement

ފަލަސްތީނާއެކު ތިބިކަން ހާމަ ކުރަން އައްޑޫގައި ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަނީ

17 އޭޕްރީލް 2025 - 10:03 0

އިޒްރޭލުގެ ހަމަލާއެއްގައި ޒަހަމްވި ތުއްތު ކުއްޖެއް: އިޒްރޭލުން ވަނީ މިހާތަނަށް 60،000 ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރާލާފައި -- ފޮޓޯ: ފައިލް


ފަލަސްތީނާއެކު ތިބިކަން ހާމަ ކުރަން އައްޑޫގައި ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަނީ

17 އޭޕްރީލް 2025 - 10:03 0

ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރަން އައްޑޫގައި ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ވެސް އެ އެއްވުން ކުރިއަށްދާނެ އެވެ. އެއްވުމުގައި ބައިވެރިވާ އެންމެން ވެސް ހަވީރު 4:15 ހާއިރު އެ އަވަށެއްގެ ބަނދަރު ސަރަހައްދަށް ދިޔުމަށް އިންތިޒާމް ކުރާ ފަރާތްތަކުން އެދެ އެވެ. ހިތަދޫއިން އެއްވުމުގައި ބައިވެރިވާ ފަރާތްތައް ދާންޖެހޭނީ ނޭޗާ ޕާކު ކުރިމައްޗަށެވެ.

އެ އެއްވުން ރާވާފައި އޮތީ، ކޮންމެ އަވަށަކުން ވެސް ބައިވެރިވާ މީހުން ވެހިކަލްތަކުގައި ދަތުރުކޮށް ސިޓި ސްކުއެއާއަށްދާ ގޮތަށެވެ. އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ޝުއޫރު އެ ސަރަހައްދުގައި ފާޅު ކުރާނެ އެވެ.

އެ އެއްވުން ނިންމާލާނީ ހުރިހާ ބައިވެރިން ވެސް ބައިވެރިވާ ހާއްސަ ދުއާއަކުންނެވެ.

"މި އިވެންޓުގައި އައްޑޫސިޓީގައި ދިރިއުޅޭ ކުދިބޮޑު ހުރިހާ އެންމެން ބައިވެރިވެ ދެއްވުމަކީ އިންތިޒާމުކުރާ ފަރާތްތަކުގެ އެދިލުމެއް. އަދި އެއްވުމަށް ވަޑައިގަންނަވާއިރު، ފަލަސްތީނުގެ ދިދަ އާއި ކުލައާއި ރަމްޒުތައް ބޭނުންކުރުމަށް އެފަރާތުން އިރުޝާދު ދެއްވާ،" އެއްވުން އިންތިޒާމް ކުރާ ފަރާތްތަކުން ބުންޏެވެ.

އެ އެއްވުމަކީ ދީނީ އިލްމުވެރިންނާއި އައްޑޫ ސިޓީ ކައުންސިލާއި ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން އިންތިޒާމު ކުރާ އެއްވުމެކެވެ. އެއްވުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ނޫރުލްއިސްލާމް ޖަމިއްޔާ އާއި ފޭދޫ މިޝްކާތު ފައުންޑޭޝަނުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އޮކްޓޯބަރު 7، 2023، ގައި ފެށި ނަސްލުހޭދު ކުރުމުގައި މިހާތަނަށް 61،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. މަރާލި ކުޑަކުދިންގެ އަދަދު 20،000 އާ ގާތް ކުރެ އެވެ.