Advertisement

ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްގެ ބޭނުމަށް ދެނީ

17 އޭޕްރީލް 2025 - 08:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ޖަލު: އެތަނާ އިންވެގެން އޮތް ބިން ކަރެކްޝަންސްގެ ބޭނުމަށް ދިނުމަށް ވަނީ އެއްބަސްވެފައި -- ފޮޓޯ:


ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްގެ ބޭނުމަށް ދެނީ

17 އޭޕްރީލް 2025 - 08:17 0

ހުޅުމާލޭޖަލާ އިންވެގެން އޮތް ބިން މޯލްޑިވްސް ކަރެކްޝެނަލް ސާވިސްގެ ބޭނުމަށް ދިނުމަށް އެއްބަސްވެއްޖެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރެކްޝަންސްއާ އެ ބިން ހަވާލުކުރީ ސެންޓްރަލް ޖަލު އަޅައި ނިމި، ހުރިހާ ޖަލެއް އެތަނަށް ބަދަލު ކުރެވެންދެން ކަމަށެވެ.

އެ ނިންމުން ނިންމީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ކަރެކްޝަންސް ގުޅިގެން ކުރި މަޝްވަރާއަށްފަހު އެއްބަސްވުމަކަށް އައިސްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުމަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކުރުމާއެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މުޅި މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

ޖެނުއަރީ 18، ގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ސެންޓްރަލް އެއް ޖަލު އަޅައި، ބާކީ ހުރިހާ ޖަލެއް އުވާލުމަކީ ރައީސް މުއިއްޒުގެ ވިސްނުންކަމަށެވެ. އެގޮތަށް އެ އަމާޒަށް ވާސިލުވުމަށް ދިރާސާތަކެއް ހަދަމުންދާ ކަމަށް އޭރު އިހުސާން ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖެނުއަރީ މަހު ފަހުކޮޅު އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި މާފުށީ ޖަލުގައި ޖެނުއަރީ 20، ގެ ނިޔަލަށް ކެޕޭސިޓީއަށްވުރެ 10 އިންސައްތަ އިތުރު އަދަދަކަށް މީހުން ބަންދުކޮށްފައި ވެއެވެ.

މިދިޔަ ހަފްތާގައި އިހުސާން އަދަދު އަށް ވިދާޅުވީ 24 މީހުންގެ ޖާގައިގެ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު ފުރި، އެތަނަށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މުއްދަތުގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި 435 މީހުން ތިބިއިރު، އޭގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިއްބެވެ. އަދި ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަ ތިއްބެވެ.

މިވަގުތު ރާއްޖޭގައި ތިން ޖަލެއް ހިިންގަ އެވެ. އެއީ ހުޅުމާލޭ ޖަލާއި ކ. މާފުށީގައި ހިންގާ މާފުށި ޖަލާއި ކ. ހިންމަފުށީގައި ހިންގާ އައްސޭރި ޖަލެވެ.

ރާއްޖޭގެ ހުރިހާ ޖަލެއްގެ ކެޕޭސިޓީއަކީ 1500 އެއްހާ ޖާގަ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީީހުންނަށް މަހެއްގެ މައްޗަށް ބޮލަކަށް 27،000ރ. ހަރަދުވާކަމަށް ހިސާބުތަކުން ދައްކަ އެވެ.