16 އޭޕްރީލް 2025 - 12:25 1
މުހައްމަދު ޝަހްޒާން
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު؛ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާގެ ފަރާތުން ދައުވާ ކޮށްފައި ވަނީ ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި -- ފޮޓޯ: ރައީސް އޮފީސް
16 އޭޕްރީލް 2025 - 12:25 1
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަދެއްކި ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދައުވާ އުފުލައިފި އެވެ.
ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ރެހެންދި ޗެމްބާސް އިންނެވެ. އެ ލޯ ފާމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ އެވެ. ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.
އެ ލޯ ފާމުން އިތުރަށް ބުނެފައި ވަނީ އެ ދައުވާތައް އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކާރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކޮށްފައި މިވަނީ އެ ކަމަނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މީގެ ކުރިން ސާޖިދާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އުމެއިރު އަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކުރި ކުއްޖެއް ނޫން ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment