Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

16 އޭޕްރީލް 2025 - 12:46 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިން މުހައްމަދު މުޖުތާޒު: މުޖުތާޒުއަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ: އަވަސް


ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

16 އޭޕްރީލް 2025 - 12:46 0

ސިވިލް ސާވިސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މުހައްމަދު މުޖުތާޒު އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ސިވިލް ސާވިސްގެ މެންބަރުކަމަށް މުޖުތާޒު އައްޔަނު ކުރަން ފެނޭތޯ ބެލުމަށް އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ސިވިލް ސާވިސްއަށް އޭނާ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

މުޖުތާޒުއާ އިންޓަވިއު ކުރުމަށްފަހު އެ މައްސަލަ ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާއަށް 88.11 އިންސައްތަ މާކްސް ދިނެވެ. އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި އެއްވެސް މެންބަރަކު ބަހުސްއެއް ނުކުރައްވަ އެވެ.

މުޖުތާޒުއަކީ ރައީސް އޮފީހުގަ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.

އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީން ފާސްކުރި ސަބަބެއް މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު އަށް ވިދާޅުވީ އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.