Advertisement

ތިން ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

16 އޭޕްރީލް 2025 - 12:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން؛ ނޮން ރެޒިޑެންޓު ސަފީރުން އައްޔަނު ކުރަން މަޖިލީހުން ރުހުން ދިނީ ސްވިޑެންއަށައި ސީޝެލްސްގެ އިތުރުން އޮސްޓްރިއާއަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ތިން ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

16 އޭޕްރީލް 2025 - 12:47 0

އިތުރު ތިން ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ތިން ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

ނޮން ރެޒިޑެންޓު ސަފީރުން އައްޔަނު ކުރަން މަޖިލީހުން ރުހުން ދިނީ ސްވިޑެންއަށައި ސީޝެލްސްގެ އިތުރުން އޮސްޓްރިއާ އަށެވެ.

ސްވިޑެންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ޖަރުމަނަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު ޝާން ޝާކިރު، ގ. ޕެންޒީމާގެ 1 އެވެ.

ސީޝެލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދު، މ. ތުޅާގިރި އެވެ.

އޮސްޓްރީއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދު، މ. ވިލާދޮށުގެ އެވެ.