16 އޭޕްރީލް 2025 - 12:23 0
ލީވާން އަލީ ނާސިރު
ފުލުހުންގެ ވެހިކަލެއް: ރޭ ހިނގި މާރާމާރީއެއްގައި ނޭޕާލް މީހަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފައި -- ފޮޓޯ: އަދަދު ފައިލް
16 އޭޕްރީލް 2025 - 12:23 0
މާލޭ، ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ ރޭ 11:58 ހާއިރު ހިނގި އެ މާރާމާރީގައި އަނިޔާވެފައި ވަނީ ނޭޕާލް މީހަކަށް ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ފުލުހުން ބުނީ މަައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
Comment