Advertisement

ރައީސް މުއިއްޒު ޓިކްޓޮކްގެ ވެރިންނާ ބައްދަލުކުރައްވައިފި

16 އޭޕްރީލް 2025 - 11:28 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު ޓިކްޓޮކްގެ ވެރިންނާއި ބައްދަލުކުރެއްވުން: އެ ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރާއި ޓިކްޓޮކް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކުރެވުނު -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު ޓިކްޓޮކްގެ ވެރިންނާ ބައްދަލުކުރައްވައިފި

16 އޭޕްރީލް 2025 - 11:28 1

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ ވެރިންނާއެކު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޓިކްޓޮކާއި ގުޅިގެން ސަރުކާރުން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ ޑިޖިޓަލައިޒްކުރަން ގެންގުޅޭ ތަސައްވަރު ރައީސް މުއިއްޒު ވަނީ ޓިކްޓޮކްގެ ވެރިންނާ ހިއްސާ ކުރައްވާފަ އެވެ. އަދި ޓިކްޓޮކްގެ ވެރިން ވަނީ ރައީސްގެ ތަސައްވަރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

ޓިކްޓޮކްގެ ވެރިންނާ އެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވައި ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް ފައިސާ ހޯދޭނެ ގޮތެއް ނުވަތަ އެ ޕްލެޓްފޯމް މަނެޓައިޒް ކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވި އެވެ.

ވީޑިއޯ ޕޯސްޓު ކުރެވޭ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުންކޮށްގެން ރާއްޖޭގައި މިވަގުތު އާމްދަނީއެއް ނުހޯދެ އެވެ. ޓިކްޓޮކުން ފައިސާ ލިބެނީ އެ މީހަކަށް ފޮލޯ ކުރާ މީހާގެ ނިސްބަތުން ކުރާ ކޮންމެ ޕޯސްޓަކަށެވެ.

ޓިކްޓޮކުން އާމްދަނީ ހޯދާ ނަމަ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއެކު އެ މީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.

ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ކުރާތާ ދުވަސްގަނޑެއް ވެއްޖެ އެވެ. އެގޮތުން، ޗައިނާ ސަރުކާރާއެކު ވެސް ރާއްޖެއިން ވަނީ މަޝްވަރާތަކެއް ބާއްވައިފަ އެވެ.