ހައިވޭގައި ވޭންއަކާއި ސައިކަލެއް ޖެހި ހަ އަހަރުގެ ކުޑަކުއްޖަކު ޒަހަމުވެއްޖެ

15 އޭޕްރީލް 2025 - 15:44 0

މުހައްމަދު ޝަހްޒާން

މ

މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭ؛ ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް -- ފޮޓޯ: އަދަދު


ހައިވޭގައި ވޭންއަކާއި ސައިކަލެއް ޖެހި ހަ އަހަރުގެ ކުޑަކުއްޖަކު ޒަހަމުވެއްޖެ

15 އޭޕްރީލް 2025 - 15:44 0

މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއް ހިނގައި ހަ އަހަރުގެ ކުޑަކުއްޖަކު ޒަހަމުވެއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓުވީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ހައިވޭއަށް ނުކުތް ވޭނެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ.

އަނިޔާވި ކުޑަކުއްޖާ އިނީ ސައިކަލުގައި ކަމަށާއި އެ ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އަނިޔާވި ފިރިހެން މީހާއަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕުޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.