Advertisement

މޮޑްރިޗް، އިނގިރޭސި ކްލަބް ސްވަންސީގެ ހިއްސާ ގަނެފި

15 އޭޕްރީލް 2025 - 12:27 0


މޮޑްރިޗް، އިނގިރޭސި ކްލަބް ސްވަންސީގެ ހިއްސާ ގަނެފި

15 އޭޕްރީލް 2025 - 12:27 0

މެޑްރިޑް (އޭޕްރީލް 15) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު ލޫކަ މޮޑްރިޗް، އިނގިރޭސި ކްލަބް، ސްވަންސީ ސިޓީގެ ހިއްސާ ގަނެފި އެވެ.

ވޭލްސް އަށް ނިސްބަތްވާ ސްވަންސީ މިހާރު އޮތީ އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގަ އެވެ. މީގެ ކުރިން، އިނގިރޭސި ޕްރިމިއާ ލީގުގައި އެކި ފަހަރު މަތިން ސްވަންސީ ވަނީ ކުޅެފަ އެވެ. އެ ޓީމު މި ވަގުތު އޮތީ ޗެމްޕިއަންޝިޕްގެ 12 ވަނައިގަ އެވެ.

އެކާވީސް ވަނަ ގަރުނުގެ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ މޮޅު އެއް މިޑްފީލްޑަރު، މޮޑްރިޗް، ސްވަންސީގެ ހިއްސާ ގަނެފައިވާކަން، އެ ކްލަބުން ވަނީ އިއުލާންކޮށްފަ އެވެ. އެ ގޮތުން، ސްވަންސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޓީމުގެ ލީޑާޝިޕް ބޯޑުގައި މޮޑްރިޗްގެ ތަޖުރިބާއާ އެކު އައު ހަރުފަތަކަށް ކްލަބް ގެނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ ކުރިން، ސްވަންސީ އިން ވަނީ އެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިގު މުއްދަތެއްގެ ޕްލޭނެއްގެ ދަށުން ކްލަބްގެ ސްކޮޑް ބިނާ ކުރަން ކަމަށް ބުނެފަ އެވެ. މި މަސައްކަތުގައި މޮޑްރިޗް ވެގެންދާނެ ކަމަށް ބެލެވެނީ މުހިންމު ފަރާތެއްގެ ގޮތުގަ އެވެ.

ސްވަންސީގެ ލީޑާޝިޕްގެ މަގާމަކާ މޮޑްރިޗް ހަވާލުވިއިރު، މި ސީޒަން ނިމުމަށްފަހު އިތުރު އެއް އަހަރު ރެއާލްގައި އޭނާ މަޑުކުރާނެ ކަމަށް ބެލެވެ އެވެ.

ރެއާލުގައި މޮޅު ކުޅުމެއް ދައްކައި، ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މޮޑްރިޗް ވަނީ އެ ކްލަބާ އެކު ހަ ފަހަރު ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ. މީގެ އިތުރުން، ކޮޕަ ޑެލްރޭ އަދި ސްޕެނިޝް ލީގު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.