Advertisement

ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ލާއިންސާނީ އަދަބު ދިނުން ގިނަވެއްޖެ

15 އޭޕްރީލް 2025 - 08:14 3

ކުށެއްގެ ތުހުމަތު ކުރެވުނު މީހަކަށް ބަޔަކު ލާއިންސާނީ އަދަބެއް ދެނީ: އަދަބު ދިން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ -- ފޮޓޯ: ވީޑިއޯ ގްރޭބް


ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ލާއިންސާނީ އަދަބު ދިނުން ގިނަވެއްޖެ

15 އޭޕްރީލް 2025 - 08:14 3

ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހިފަހައްޓައި، ފުލުހުންނާ ހަވާލު ކުރުމުގެ ބަދަލުގައި ނުވަތަ ހަވާލު ކުރުމުގެ ކުރިން އެމީހަކަށް ލާއިންސާނީ އަދަބު ދިނުން ގިނަވެއްޖެ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހަކު ހިފެހެއްޓުމަށްފަހު އޭނާ ލައްވައި އަމިއްލައަށް ގައިގައި ކުލަ އުނގުޅުވައި، ކުލަ ޓައްޕެއް އޭނާގެ ބޮލަށް އޮއްސާލާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފަ އެވެ. އެއީ ފަތުރުވެރިން ވެސް ވަރަށް ގިނައިން އަންނަ، ކ. މާފުށީގައި ހިނގި ހާދިސާއެކެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ލާއިންސާނީ އަދަބު ދިން މީހުން ދިޔައީ ވީޑިއޯ ނަގަމުން އޭނާއަށް ފުރައްސާރަކޮށް އެއްޗެހި ގޮވަމުންނެވެ. އަދަބު ލިބުނު މީހާގެ ކުށަކީ ކޮބައިކަމެއް ނޭނގެ އެވެ.

އޭގެ ކުރިން، ދެ މީހެއްގެ ފައިގައި ކްލިޕު ޓައި އަޅުވާފައި ދޫކޮށްލާފައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވި އެވެ. އަދި މީހަކު މަގުމަތީގައި ނިދާފައި އޮއްވައި އޭނާއަށް ޖެއްސުންކޮށް، ގަޔަށް ފެން އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އޭގެ ކުރިން އޮތީ އާންމުވެފަ އެވެ.

އެ މައްސަލަތަކުގައި، ލާއިންސާނީ އަދަބު ދިން އެކަކު ވެސް މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. މި ހަބަރަށް ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ގާނޫނު އަތްމައްޗަށް ނަގައި ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް އިސްލާމް ދީނުގައި ވެސް ނޯންނަ ލާއިންސާނީ އަދަބު ދިނުން ދިވެހި ގާނޫނުތަކުން މަނަ އެވެ. ނަމަވެސް ރާއްޖޭގައި ދޭތެރެއަކުން އެފަދަ ލާއިންސާނީ އަދަބު ދިނުން ގިނަވެ އެވެ.