14 އޭޕްރީލް 2025 - 18:07 0
އަހުމަދު އާއިދު
އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު
14 އޭޕްރީލް 2025 - 18:07 0
އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވެވޭނެ ގޮތަށް ބިލު ބަދަލުކޮށް އެ މައްސަލައާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރާއިރު އެހެން ގައުމެއްގެ ރައްޔިތުކަން ނުވަތަ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އައުން މަނާކުރަން ޖެހޭނެ ކަމަށް ސާފުކޮށް ބުނެފައިވެ އެވެ.
ނަމަވެސް ކޮމިޓީން މިއަދު ބިލު ބަދަލުކުރިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ. ކޮމިޓީން މިގޮތަށް ނިންމީ އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންގެ ޑުއަލް ސިޓިޒަންޝިޕް އޮތަސް، އެކަން ނުބެލޭނެ ކަމަށް އިމިގްރޭޝަނުން ބުނުމުންނެވެ.
ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންގެ މައުލޫމާތު ސާފުކުރުމަކީ ބައެއް ގައުމުތަކުގެ އިމިގްރޭޝަނުން ކުރާ ކަމެކެވެ. އެ ގައުމުތަކުން ޓޫރިސްޓުންގެ ދެ ޕާސްޕޯޓު ބަލަ އެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ފާސްކުރީ އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ނަސްލުހޭދު ކުރުން ނިންމައި، ހަމަލާތަކާއި ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރުމަށެވެ. އެކަމަކު، އިޒްރޭލަކީ އުފެދުމުގައި ލާއިންސާނީ ގައުމެކެވެ. ގައުމު އުފެއްދީއްސުރެ އަންނަނީ ފަލަސްތީނުގެ ރައްޔިތުން މަރަމުންނެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ސަރުކާރުން މިހެން ނިންމިއިރު ވެސް މަޖިލީހުގައި މި ބިލު އޮތެވެ.
ބިލުގެ މަސައްކަތް ލަސްވެ ސަރުކާރަށާއި މަޖިލީހަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން މަޖިލީހާއި ސަރުކާރު ނުކުޅެދިފައިވާ ވަނިކޮށް މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment