14 އޭޕްރީލް 2025 - 08:48 0
މުހައްމަދު ޝަހްޒާން
ހުޅުމާލޭގައި އަޅާ 400 ފްލެޓުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ މި މަޝްރޫއު ކުރިއަށް ގެންދަނީ ސައުދީ ފަންޑުން 25 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން -- ފޮޓޯ: ހައުސިން މިނިސްޓްރީ
14 އޭޕްރީލް 2025 - 08:48 0
ސައުދީ ފަންޑުގެ ލޯނު އެހީގައި ހުޅުމާލޭގައި އަޅާ 400 އެފޯޑަބަލް ހައުސިން ޔުނިޓުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.
އެ މަޝްރޫއު ފަށްޓަވައި ދެއްވީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވީ ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހުމާން އަލް މަރްޝަދް އާއި ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އެވެ.
އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ސައުދީ ފަންޑާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގެ ކޮންސަލްޓެންސީ ފާމެއް ހޮވުމުގެ މަރުހަލާ ކަމަށެވެ. އެ މަޝްރޫއު ހިންގުމަށް ލޯނުގެ ގޮތުގައި ސައުދީ ފަންޑުން 25 މިލިއަން އެމެރިކާ ޑޮލަރު ދޭން ހަމަޖެހިފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ފެށިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއީ ކުރީ ސަރުކާރުގެ ދުވަސްވަރު ސައުދީ ފަންޑުން އެހީ ދޭން އެއްބަސްވި މަޝްރޫއެކެވެ. އެންމެ ފުރަތަމަ މިކަމަށް ފުރަތަމަ ސޮއިކުރީ 2020 ގައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment