13 އޭޕްރީލް 2025 - 09:31 2
މުހައްމަދު ޝަހްޒާން
ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރަނީ ފިރިހެން ދެ ޕްރޮސެކިއުޓަރުންނަށް: އެ ދެ މީހުންގެ މައްސަލަ ފުލުހުންގެ އިތުރުން ޕީޖީ އޮފީހުގެ ސުލީކީ ކޮމިޓީން ދަނީ ތަހުގީގު ކުރަމުން -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު
13 އޭޕްރީލް 2025 - 09:31 2
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެޑްމިން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި އެ އޮފީހުގެ ދެ ޕްރޮސެކިއުޓަރުންގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ވަނީ ޕީޖީ އޮފީހަށް ވަދެ ފޯނު ހިފެހައްޓި އެއް ޕްރޮސެކިއުޓަރު ގޮވައިގެން އޭނާގެ ގެއަށް ގޮސްފަ އެވެ.
މިކަމާ ގުޅޭގޮތުން މި ނޫހާ ވާހަކަދެއްކި ބައެއް މީހުން ބުނީ ފޯނު ހިފެހެއްޓި ދެ މީހުންގެ މައްޗަށް ކުރަނީ ޕީޖީ އޮފީހުގެ ބައިވަރު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރަނީ ފިރިހެން ދެ ޕްރޮސެކިއުޓަރުންނަށެވެ.
މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ފުލުހުން އެކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ނުބުނެ އެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހާ ސުވާލު ކުރުމުން އެ އޮފީހުން ވެސް ވަނީ އެތަނުގެ ދެ ޕްރޮސެކިއުޓަރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.
ޕީޖީ އޮފީހުން ބުނީ ބަލަމުން ދަނީ ދެ ޕްރޮސެކިއުޓަރެއްގެ ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައަކާއި ޕީޖީ އޮފީހުން ގަބޫލު ކުރާ ސުލޫކީ މިންގަނޑާ އެ ދެ ޕްރޮސެކިއުޓަރުން ހިލާފުވި މައްސަލަ ކަމަށެވެ.
"މި އޮފީހުގެ ސުލޫކީ ކޮމިޓީން ބަލަމުންދާ ޖިންސީ ފުރައްސާރަކުރުމާއި މި އޮފީހުން ގަބޫލު ކުރާ ސުލޫކީ މިންގަނޑާ ހިލާފުވުމުގެ މައްސަލައަކާ ގުޅިގެން މި އޮފީހުގެ ދެ ޕްރޮސެކިއުޓަރަކު މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑު ކުރުމަށް ނިންމާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ދެ ޕްރޮސެކިއުޓަރުންނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ހުރުމުން އެ މުއައްސަސާއިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
33.33%
0.00%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވަނޫދު
12 days ago
އައްބާސްއާ މަހުމޫދުގެ ނާގާބިލުކަން.
މުލޭ
12 days ago
ޢައްބާސް ހަވާލުވީ އިއްޔެ. ކުރީގެ ޕީޖީ ހުރިއިރު ތިމައްސަލައިގައި ހިމެނޭ އެކަކުގެ ވާހަކަ ރަަށުތެރޭގައި ވަރަށް ގަފައަށް ދެކެވުނު.
Comment