އުކުޅަސް ސްކޫލުގައި ހިސާބު ކިޔަވަދޭން ފެންވަރު ދަށް ޓީޗަރެއް ގެންނާތީ ކަންބޮޑުވުން

13 އޭޕްރީލް 2025 - 11:49 1

ލީވާން އަލީ ނާސިރު

ލ

އއ. އުކުޅަސް ސްކޫލް: އެ ސްކޫލުގައި ހިސާބު ކިޔަވަދޭން ފެންވަރު ދަށް ޓީޗަރެއް ގެންނާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި


އުކުޅަސް ސްކޫލުގައި ހިސާބު ކިޔަވަދޭން ފެންވަރު ދަށް ޓީޗަރެއް ގެންނާތީ ކަންބޮޑުވުން

13 އޭޕްރީލް 2025 - 11:49 1

އއ. އުކުޅަސް ސްކޫލުގައި ގްރޭޑް 10، 11 އަދި 12 އަށް ހިސާބު ކިޔަވައިދޭން ފެންވަރު ދަށް ޓީޗަރެއް ގެންނަން އުޅޭތީ ބެލެނިވެރިންގެ ކަންބޮޑުވުން އެ ސްކޫލާ ހިއްސާކޮށްފި އެވެ.

އުކުޅަސް ސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއަކު އަދަދު އަށް ބުނީ އެ ސްކޫލުގައި ހިސާބު ކިޔަވައިދޭން ގެންނަން އުޅެނީ މިދިޔަ އަހަރު ވަޒީފާއަށް ހުށަހެޅުމުން އެ މަގާމަށް ނުނެގުމަށް ނިންމި ޓީޗަރެއް ކަމަށެވެ.

"ރެކްރޫޓް ކުރަން އުޅުނީ އެއްވެސް ކޮލެޓީއެއް ނެތް ޓީޗަރެއް. މިދިޔަ އަހަރުގައި އެޕްލައި ކޮށްގެން ޕްރެކްޓިކަލް އިންޓަވިއު އިން އެންމެ މާކްސްއެއް ލިބިގެން ރެކްރޫޓް ނުކޮށް ހުރި ޓީޗަރެއް،" އޭނާ ބުންޏެވެ.

އުކުޅަސް ސްކޫލުގައި ގްރޭޑް 10، 11 އަދި 12 އަށް މިހާރު ކިޔަވައިދޭން ހުރީ ބިދޭސީ ޓީޗަރެއް ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ. އޭނާ ބުނީ އެ ޓީޗަރު އިތުރު ގަޑިތައް ނަގައިގެން ދަރިވަރުންގެ މާކްސްތައް ރަނގަޅު ކުރުވާ ކަމަށެވެ.

އެ ބިދޭސީ ޓީޗަރުގެ ބަދަލުގައި ދިވެހި ޓީޗަރެއް ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަޒީފާއަށް ނެގުމަށް އުޅޭ ޓީޗަރުގެ އިންޓަވިއު މިއަދު ކުރިއަށް ގެންދިޔަ އެވެ.

އުކުޅަސް ސްކޫލުގައި މިދިޔަ އަހަރު ގްރޭޑް 7، 8 އަދި 9 ގައި ކިޔެވި 85 ދަރިވަރުންގެ ހިސާބު ނަތީޖާއަށް ބަލާއިރު ފާސްވީ 22 ދަރިވަރެކެވެ. އޭގެ ތެރެއިން 63 ކުދިން ފާހެއް ނުވެ އެވެ.

"ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ހިސާބު މާކްސް މިހާ ދަށްއިރު، ހިސާބު މާއްދާގެ ފެންވަރު ރަނގަޅު ގްރޭޑް 9، 10 އަދި 11 އަށް ކިޔަވައިދޭ ޓީޗަރު ބަދަލުކުރަން އުޅުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ބެލެނިވެރިޔާ ބުންޏެވެ.

ބެލެނިވެރިން ސްކޫލްގެ މެނޭޖްމަންޓާ އެކު ބޭއްވި ބައްދަލުވުމުގައި ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ހިސާބު ނަތީޖާ ދަށްވެގެން ފެންވަރު ރަނގަޅު ޓީޗަރުން ގެނައުމަށާއި ފެންވަރު ރަނގަޅު ޓީޗަރެއް ގްރޭޑް ގްރޭޑް 10، 11 އަދި 12 އަށް ނެގުމަށް ހުށަހަޅާފައިވެ އެވެ.

އޭގެއިތުރުން ސްކޫލަށް ފެންވަރު ދަށް ޓީޗަރެއް ގެނެސްފިނަމަ ކުދިން ސްކޫލަށް ނުފޮނުވާނެ ކަމަށް ވެސް ބެލެނިވެރިން ވަނީ ސްކޫލުގެ މެނޭޖުމަންޓަށް އަންގާފަ އެވެ.

އުކުޅަސް ސްކޫލުގެ ބެލެނިވެރިން ވަނީ ސްކޫލަށް ފެންވަރު ރަނގަޅު ހިސާބު ޓީޗަރެއް ގެނައުމުގެ މައްސަލަ އުކުޅަހު ކައުންސިލަށް ވެސް ހުށަހަޅާފަ އެވެ. ޖަވާބެއްގެ ގޮތުގައި ކައުންސިލުން ވަނީ ފެންވަރު ރަނގަޅު ހިސާބު ޓީޗަރެއް ގެނައުމަށް މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

އުކުޅަސް ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ފޭދޫ ކުރުސީ

12 days ago

ށ. ފޭދޫ ސްކޫލު ހިންގުމަށް ވަގުތީ ގޮތުން ހަވާލުވެފައި ހުރީ ށ. ނޫމަރާ މިހަކާ. އެމީހަކީ މިވަގުތު ށ. ފުނަދޫ ސްކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް. މި ދެންނެވި ހިންގުން ހަވާލުވެފައި ހުރި ޕުރިންސިޕަލް ދަންނަކަމެއް ނެތް. އައި ގޮތަށް ސުކޫލު އައު އިމާރާތް އަޅާ ކުންފުނީގެ ސުޕަވައިޒަރު އޮފީހަށް ގެންގޮސް މަޢުލޫމާތު ސާފު ކުރަން އުޅުނު. އެކަމް ދެރައީ އެ އިމާރާތުގެ ސުޕަވިޝަން ފަރާތަކީ ފޭދޫ ކައުންސިލްކަން މި ދެންނެވި ޕުރިންސިޕަލަށް ނޭގޭ ކަން.