ރައީސް މުއިއްޒުގެ ގައުމީ ތަރައްގީގެ ވިސްނުމާއި ބީއެމްއެލްގެ މިޝަން ވަނީ ލާމެހިފައި: ޝަރީފު

12 އޭޕްރީލް 2025 - 15:33 1

ލީވާން އަލީ ނާސިރު

ލ

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ: މި އިމާރާތް އަޅަން ވިއްކި ސުކޫކު އެއްކޮށް ގަތީ ބީއެމްއެލްއިން . -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒުގެ ގައުމީ ތަރައްގީގެ ވިސްނުމާއި ބީއެމްއެލްގެ މިޝަން ވަނީ ލާމެހިފައި: ޝަރީފު

12 އޭޕްރީލް 2025 - 15:33 1

ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުމާއި ލީޑާޝިޕް, ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަށް، އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން 60 މިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ހުޅުމާލޭގައި އިމާރަތްކުރާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހަތް ބުރީގެ "ސަނާބިލް އިމާރާތު"ގެ ބިންގާ އެޅުމަށް ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ރައީސް މުއިއްޒުގެ ވިސްނުމާއި ބީއެމްއެލްގެ މިޝަން ލާމެހިފައިވާކަން ޝަރީފު ފާހަގަ ކުރެއްވިއިރު، އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ހުންނެވި އެވެ.

"ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމާއި ފުދުންތެރިކަން ހޯދައިދިނުމާއި އިޖުތިމާއީ ދުޅަހެޔޮކަމާއި ތައުލީމީ ޖީލެއް ބިނާކުރުން ފަދަ ސަރުކާރުގެ މުހިއްމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގޭ މުހިއްމު މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވާނެ، އެހީތެރިވެދޭނެ،" ޝަރީފު ވިދާޅުވި އެވެ.

"އެހެންވެ މި މަޝްރޫއުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް."

ބީއެމްއެލްގެ ހިއްސާ ބެހިފައިވާ ގޮތް


ދިވެހި ސަރުކާރުގެ 62.2 ޕަސެންޓު ހިއްސާ ބީއެމްއެލްގައި އޮތްއިރު، 4.1 ޕަސެންޓު ހިއްސާއަކީ ސަރުކާރުގެ ވިޔަފާރި ބައެއް ކުންފުނިތަކުގެ ހިއްސާ އެވެ. ބާކީ އޮތް 33.7 ޕަސެންޓަކީ އާންމުންގެ ހިއްސާ އެވެ.

ހުޅުމާލޭގައި މިއަދު ބިނާކުރަން ފެށި އައިޔޫއެމްގެ އިމާރާތަށް ކުރާ އިންވެސްޓުމެންޓަކީ އިސްލާމީ، މާލީ ހިދުމަތްތަކަށާއި ތައުލީމަށާއި ގައުމުގެ އިޖުތިމާއީ އިގުތިސާދީ ތަރައްގީއަށް ބީއެމްއެލްއިން ދެމުންގެންދާ ދެމެހެއްޓެނިވި އެހީތެރިކަމުގެ ހެއްކެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވާނެ ކަމާއި އެހީތެރިކަން ދޭނެ ކަމުގެ ކަށަވަރުކަން ޝަރީފު މި ދެއްވީ، ސަރުކާރަށް ލިބޭ އާމްދަނީން ރިކަރަންޓު ހަރަދު ވެސް ދެކޮޅު ނުޖެއްސޭ ކަމާއި، މަޝްރޫއުތައް ހިންގުމަށް ލޯނު ނެގުން ނޫން ގޮތެއް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނިކޮށެވެ.

މި ސަރުކާރުން ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވުމަށް ފަހު ބޭރުގެ ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދަން މި ސަރުކާރުން ކުރި މަސައްކަތްތަކަށް މާބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.

އެހެންވެ، މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށާއި ބަޖެޓު ދެކޮޅު ޖައްސަން ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. އަދި މަޝްރޫއުތަކުގައި އެކަށީގެންވާ ހަލުއިކަމެއް ވެސް ނެތެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ފޮނިހުސޭނު

8 days ago

ޝަރީފް ވިދާލުނުވިޔަސް ތިކަން އަހަރެމެނަށްއެގޭ، ބޭންގެ އެކައުންޓަތަކަށް އެވާހޮތާ، އެޕަށް އެ ދިމާވާ މައްސަލަތަކުންވެސް. ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ވިސްނުމާއި ލީޑާޝިޕް، ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަށް، އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.