Advertisement

ސަލާހު، ލިވަޕޫލްގައި މަޑުކުރީގެ ސައުދީން ލިބުނު ބޮޑު އޮފާ ދޫކޮށްލާފައި

12 އޭޕްރީލް 2025 - 12:14 0


ސަލާހު، ލިވަޕޫލްގައި މަޑުކުރީގެ ސައުދީން ލިބުނު ބޮޑު އޮފާ ދޫކޮށްލާފައި

12 އޭޕްރީލް 2025 - 12:14 0

ލިވަޕޫލް (އޭޕްރީލް 12) - ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހު، އެ ކްލަބާ އެކު، އެއްބަސްވުން އާ ކޮށްފައިވަނީ، ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބަކުން ލިބުނު 500-600 މިލިއަން ޑޮލަރުގެ އޮފާއެއް ދޫކޮށްލައިފައި ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ދެ އަހަރު ތެރޭގައި ވެސް، ސައުދީގެ ކްލަބްތަކުން ސަލާހު، 32، އަށް ބޮޑު މުސާރައެއް ލިބޭ ކޮންޓްރެކްޓްތައް ހުށަހެޅި އެވެ. އެކަމަކު، ސަލާހު އެންމެ ފަހުން މި ވަނީ، 2027 ވަނަ އަހަރުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ލިވަޕޫލާ އެކު ސޮއިކޮށްފަ އެވެ.

އިޓަލީގެ ރޯމާ ދޫކޮށް، 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލާ ގުޅުނު ސަލާހުގެ މި ފަހަރު ސޮއިކުރި ކޮންޓްރެކްޓްގެ ނިޔަލަށް އެ ޓީމާ އެކު، އޭނާ 10 އަހަރު ހޭދަކުރާނެ އެވެ. ސަލާހު ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި، 32 ގޯލު ޖަހައިފަ އެވެ.

ޖުމްލަ އެކު، ބަލާނަމަ، ލިވަޕޫލަށް ކުޅެދިން 394 މެޗުން 243 ގޯލު ޖަހައި، 109 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

"އަހަރެން މި ކްލަބްގައި އަށް އަހަރު ކުޅެދިން. މި އެއްބަސްވުން ނިމޭއިރު، 10 އަހަރުވާނެ. މި ސިޓީ (ލިވަޕޫލް)އާ އަހަންނާ ދެމެދު ހާއްސަ ގުޅުމެއް އެބައޮތް. އަހަރެންގެ އާއިލާ ހުރީ އުފަލުން. އަހަރެން މި ޓީމަށް މި ކުޅެނީ ވަރަށް ހިތްހަމަޖެހިގެން،" ސަލާހު ބުންޏެވެ.

"ކޮންޓްރެކްޓް އާ ކުރީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަށިތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އޮތުމުން،"

ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު، ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ވެސް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ވަނީ ނިންމައިފަ އެވެ. ސަލާހެކޭ އެއް ގޮތަށް ވެން ޑައިކް ވެސް ސޮއިކުރަނީ ދެ އަހަރުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.