ސޭފް ހޯމް އަޅަން ކަމަށް ބުނެ 31.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ހުޅުމާލެއިން ބިމެއް ގަނެފި

11 އޭޕްރީލް 2025 - 15:33 0

އަހުމަދު އާއިދު

އ

ހުޅުމާލެ ދެވަނަ ފިޔަވަހި : ފިނޭންސް މިނިސްޓްރީން ހުޅުމާލެއިން ގަނެފައިވަނީ 10،000 އަކަފޫޓުގެ ބިމެއް -- ފޮޓޯ: އަދަދު


ސޭފް ހޯމް އަޅަން ކަމަށް ބުނެ 31.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ހުޅުމާލެއިން ބިމެއް ގަނެފި

11 އޭޕްރީލް 2025 - 15:33 0

ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވަނީ "ސޭފް ހޯމް" މަޝްރޫއަށް ކަމަށް ބުނެ ހުޅުމާލެއިން ބޮޑު ބިމެއް ގަނެފި އެވެ.

ބިމުގެ މިލްކުވެރިކަން ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނި، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުގައި އޮތް 10،000 އަކަފޫޓުގެ މި ބިން ގަތީ ފިނޭންސް މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ބިން ގަތުމަށް ފިނޭންސުން އެޗްޑީސީއަށް ޖުމްލަ 3.5 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މި ބިން ގަތުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޖުލައި 15، 2024، ގަ އެވެ.

ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަދާ ތަނެކެވެ. ހުޅުމާލޭގެ އިތުރުން ރ. އުނގޫފާރު، އަދި އައްޑޫ ސިޓީގައި ވެސް މީގެ މަރުކަޒުތަކެއް އަޅާނެ އެވެ.

މި މަޝްރޫއަށް 2022 ގައި ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިލޭ އެހީ ވަނީ ލިބިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 7.51 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދޫކުރާނެ އެވެ. އަދި ޓެކްނިކަލް އެސިސްޓެންސް ނުވަތަ ފަންނީ އެހީގެ ގޮތުގައި 2.5 މިލިއަން އެމެރިކާ ޑޮލަރު ދޫކުރާނެ އެވެ.