10 އޭޕްރީލް 2025 - 13:18 1
ލީވާން އަލީ ނާސިރު
ގާސިމް (ކ) ގެ އެހީތެރިކަމާ އެކު މާމިގިލީގައި ޕުލުހުންގެ މަރުކަޒެއް އަޅަން އެއްބަސްވުމުގައި ސޮއިކުރުން: އެ އިމާރާތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވިލާ ފައުންޑޭޝަނާ -- ފޮޓޯ: ފުލުހުން
10 އޭޕްރީލް 2025 - 13:18 1
ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އެހީތެރިކަމާ އެކު އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް ބިނާ ކުރުމަށް މިއަދު ބިންގާ އަޅައިފި އެވެ.
މާމިގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންނާއި ވިލާ ފައުންޑޭޝަނާއި ދެމެދު ފުލުހުންގެ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އަދި ވިލާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ގާސިމް އެވެ.
މާމިގީލިގައި އަޅާ ފުލުހުންގެ އެ މަރުކަޒުގައި އޮފީސް އިމާރާތަކާއި، ފުލުހުންގެ އެކޮމޮޑޭޝަން އަދި މެސް ރޫމެއް ވެސް ހިމެނެ އެވެ.
އެ މަޝްރޫއު ވިލާ ފައުންޑޭޝަނާއި ހަވާލުކުރީ އެއް އަހަރު ދުވަހުގެ މުއްދަތެއްގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކޮސް
13 days ago
މިހާރު މިއޮތީވާ ސަރުކާރެއް! މިފަދަކަންކަމަކީ ވިޔަފާރުވެރިން " ހެޔޮނިޔަތެެއްގާ" ކުރާކަމަކަސް ކުރަންވާވަރުގެ ކަންކަމެެެެއްނޫން.
Comment