9 އޭޕްރީލް 2025 - 08:57 5
އަހުމަދު އާއިދު
ރައީސް މުއިއްޒު، އެމަނިކުފާނުގެ އޮފީހުގެ ސްޓްރެޓަޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލު އާއެކު: ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން އެބަތިބި --- ފޮޓޯ: ރައީސް އޮފީސް
9 އޭޕްރީލް 2025 - 08:57 5
ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނޫސްތަކަށް މައުލޫމާތު ދިނުމަށާއި މީޑިއާގެ އެހެން މަސައްކަތްތަކަށް ހާއްސަކޮށްފައި އޮންނަ ޓީމުގައި ޖުމްލަ 35 މުވައްޒަފުން ތިބި ކަން ހާމަވެއްޖެ އެވެ.
އެ އޮފީހުން މިދިޔަ މަހު އަދާހަމަކޮށް ނެރެފައިވާ މުވައްޒަފުންގެ ލިސްޓު، އަދަދު ނޫހުގެ ނޫސްވެރިން ބެލުމުން އެނގުނު ގޮތުގައި މި ޓީމުގައި ރައީސް އޮފީހުގައި މީޑިއާ އަދި ކޮމިއުނިކޭޝަނަށް ހާއްސަކޮށްފައިވާ ވަޒީރުގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ނަގާ މީހުން ހިމެނެ އެވެ.
މި ލިސްޓުގައި ހިމަނާފައިވާނީ ރައީސް އޮފީހުގެ ލިސްޓުގައި ސީދާ ކޮމިއުނިކޭޝަންސް ޔުނިޓުގައި ނުވަތަ މީޑިއާގެ އެކި މަސައްކަތްތައް ކުރާކަން ފެންނާން ހުރި ފަރާތްތަކެވެ. އެއްވެސް ތަފުސީލެއްނެތި ޖަހާފައި ތިބި އަންޑަ ސެކްރެޓަރީންނާއި ޑިރެކްޓަރުންގެ ތެރެއިން މީޑިއާގެ މަސައްކަތް ކުރަނީ ކިތައް ފަރާތްކަން ސާފެއް ނޫނެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މީޑިއާ ޓީމުގައި ހިމެނޭ 35 ފަރާތަށް ދައުލަތުގެ ބަޖެޓުން މަހަކު 913،222ރ. ހަރަދުކުރެ އެވެ. އެއީ އަހަރަކަށް 11 މިލިއަން ރުފިޔާ އެވެ. ރައީސް މުއިއްޒުގެ ފަސް އަހަރުގެ ވެރިކަމުގައި އެމަނިކުފާނުގެ މީޑިއާ ޓީމަށް 55 މިލިއަން ދައުލަތުން ހަރަދުކުރާނެ އެވެ.
މީގެ ތެރެއިން އެންމެ މަދުން މުސާރައާއި އިނާޔަތްތައް ލިބޭ ފަރާތަށް ވެސް 15،000ރ. ލިބެ އެވެ. މި ޓީމުގެ އެވްރެޖް މުސާރައަކީ 26،000ރ. އެވެ.
ރައީސް އޮފީހުގައި މިވަގުތު 349 މުވައްޒަފުން އެބަތިއްބެވެ. އެހެންކަމުން ރައީސް އޮފީހުގެ ޖުމްލަ މުވައްޒަފުންގެ 10 އިންސައްތަ އަކީ އެ އޮފީހުގެ މީޑިއާ ޓީމެވެ.
16.67%
16.67%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބޮޑުހުސޭނު
11 days ago
އައްދޭ. ހާދަ މަދު ބަޔެކޭ. 100 ވެސް ހަމަނުވޭ ވިއްޔަ!!!
ފަޒީލް
11 days ago
ތިހިރީ ކޮމިއުނިކޭޝަން މިނިސްޓަރު ފުޗިފަހުރޖވަރު.ސްޕޮންސަރ ދޭ ހުރިހާނޫހަކުން މީނައަށް 30ޕަސަންޓް ލިބޭކަމަށް ވަރަށް މޫތަބަރު މީޑިއާގަ މަދައްކަތްކުރާމީހަކުބުނެފަވޭ.އެމްެއެމް ޓީވީ ވަގުފައިސާއިން ހެދި މޭސްތިރި މިނަޔަކި އެންސްޕާ ކޮޅާލައިގެން.
ޒިލްމާ
11 days ago
ރައީސް އޮފީހެއް ވިއްޔާ މީޑިއާ ޓީމް ބޮޑުވާނެ. އެއީ އެހެން ޤައުމުތަކުގައި ވެސް އެކަން އޮންނަ ގޮތް.
ޒުލްމު
10 days ago
ތިޔަބުނީ ރަނގަޅު ވާހަކައެއް. އެކަމަކު މައްސަލައަކީ އެ ޓީމު ބޮޑުވިޔަސް، އެ ބޮޑު ޓީމަށް ކަންކަން ނުވާތީ އެމްޓީސީސީ، އާރްޑީސީ އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުގެ މީޑިއާ ޓީމުތައް ލައްވާވެސް ރައީސް އޮފީހަށް ބޭނުންވާ ކޮންޓެންޓް އުފައްދާތީ.
އިބިރަހިމާ
11 days ago
ނާ ހަމަ ތެދެއްތަ؟ އެހެން ގައުމުތަކުގަ ކަންކަން އޮންނަ ގޮތަށް އަހަރުމެން ވެސް ކަން ކުރަންވާނީ.
Comment