8 އޭޕްރީލް 2025 - 13:15 0
މުހައްމަދު ޝަހްޒާން
ރައީސް މުއިއްޒުގެ އަރިހަށް ސައުދީ އެމްބަސެޑަރު ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެެއިން -- ފޮޓޯ: ރައީސް އޮފީސް
8 އޭޕްރީލް 2025 - 13:15 0
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، މަތުރެކް ބިން އަބްދުالله އަލް އަޖަލިން އަލް ދޮސާރީ ކޮށްދެއްވި ހިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފި އެވެ.
މަތުރެކްއަށް ރައީސް ޝުކުރު އަދާ ކުރެއްވީ ސަފީރުކަމުން ވަކިވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ އަރިހަށް އޭނާ ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް ސައުދީން ފޯރުކޮށްދިން އެހީތެރިކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަތުރެކް ކޮށްދެއްވި ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު އަދާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރައީސް ވަނީ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވަނީ މިފަހުން އެމަނިކުފާނު ކުރެއްވި އުމުރާ ދަތުރުފުޅުގައި ސައުދީން އަދާކުރި ހާއްސަ މެހެމާންދާރީއަށް ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment