Advertisement

އެމެރިކާއިން ކުރަނީ ބްލެކްމެއިލް، ޓެރިފް ބޮޑުކުރިޔަސް ޗައިނާ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން

8 އޭޕްރީލް 2025 - 11:44 0


އެމެރިކާއިން ކުރަނީ ބްލެކްމެއިލް، ޓެރިފް ބޮޑުކުރިޔަސް ޗައިނާ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން

8 އޭޕްރީލް 2025 - 11:44 0

ބެއިޖިން، ޗައިނާ (އެޕްރީލް 8) - ޗައިނާގެ މުދަލުން ބޮޑު ޓެރިފެއް ނެގުމަށް އެމެރިކާއިން ނިންމީ ބްލެކްމެއިލް ކުރުމުގެ ގޮތުން ކަމަށާއި އޭގެ ބަދަލުގައި އެމެރިކާގެ މުދަލުން އިތުރު ޓެރިފް ނަގާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމަށް ވަޑައިގަތުމަށް ފަހު 20 ޕަސެންޓުގެ ޓެރިފެއް ޗައިނާގެ މުދަލުން ނަގަން ފެށި އެވެ. އެއަށްފަހު އިއުލާނުކުރި 34 ޕަސެންޓުގެ ޓެރިފްއާއެކު ޗައިނާއިން އެމެރިކާއަށް މުދާ އިމްޕޯޓް ކުރާނަމަ 54 ޕަސެންޓުގެ ޓެރިފެއް މިހާރު ދައްކަން ޖެހެ އެވެ.

އޭގެ ރައްދެއްގެ ގޮތުން ޗައިނާއިން ވަނީ އެމެރިކާގެ މުދަލުން 34 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމާފަ އެވެ. ޗައިނާގެ ނިންމުމަށް ގޮންޖަހައި ރައީސް ޓްރަމަޕު ވަނީ އެ ގައުމުގެ މުދަލުން 50 ޕަސެންޓު ޓެރިފެއް ނަގާނެކަން ހާމަކުރައްވާފަ އެވެ.

"ޗައިނާއާ ދެކޮޅަށް ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ފަރާތުން ދިނުމަކީ ގޯހެއްގެ މައްޗަށް ހެދުނު ގޯހެއް، އަނެއްކާވެސް ހާމަވެގެންދިޔައީ އެމެރިކާގެ ބްލެކްމެއިލް ކުރުމުގެ ސިފަ،" ޗައިނާގެ ކޮމާސް މިނިސްޓްރީން ބުންޏެވެ.

މެރިކާގެ މި ފިޔަވަޅަކީ މަލްޓިލޭޓަރަލް ވިޔަފާރީގެ މަޝްވަރާތަކުގައި ފާއިތުވި އަހަރުތަކުގައި ވާސިލުވެފައިވާ މަސްލަހަތުތަކުގެ ބެލެންސް ގެއްލުވައިލާ ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޗައިނާގެ ޕްރޮޑިއުސަރުން އަހަރެއްގެ މައްޗަށް 400 ބިލިއަން ޑޮލަރަށް ވުރެ އަގުހުރި މުދާ އެމެރިކާއަށް ވިއްކަ އެވެ. އެމެރިކާގެ ބާޒާރުގައި މި ހުރިހާ މުދަލެއްގެ އަގު ބޮޑުތަނުން އުފުލިގެންދާނެ ކަމަށް ބެލެވެ އެވެ.