Advertisement

ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީ ކުރަން އައްޑޫ ކައުންސިލުން ބީލަމަށް ހުޅުވާލައިފި

8 އޭޕްރީލް 2025 - 10:55 0

ސަވާލިހި: އެ ރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރަން މީގެ ކުރިން ވެސް ކައުންސިލުން މަސައްކަތް ކުރި -- ފޮޓޯ: ގޫގަލް މެޕްސް


ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީ ކުރަން އައްޑޫ ކައުންސިލުން ބީލަމަށް ހުޅުވާލައިފި

8 އޭޕްރީލް 2025 - 10:55 0

އައްޑޫ ސިޓީގެ ފޭދޫ ކައިރީގައި އޮންނަ ފަޅު ރަށް ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީ ކުރާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަވާހިލީގައި ތަރައްގީ ކުރަންޖެހޭނީ މަދުވެގެން 10 ކޮޓަރީގެ ގެސްޓްހައުސްއެއް ކަމަށެވެ. ރަށް ކުއްޔަށް ދޫކުރަނީ މަދުވެގެން 50 އަހަރަށެވެ.

މަދުވެގެން 10 ކޮޓަރީގެ އިތުރުން ރެސްޓޯރަންޓަކާއި ބާ އަކާއި އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސް ފެސިލިޓީއަކާއި ސްޕާ އާއި ވެލްނެސް ފެސިލިޓީއަކާއި ސްވިމިން ޕޫލެއް ހުންނަންޖެހެ އެވެ.

ސަވާހިއްޔަކީ 79,753 އަކަ މީޓަރުގެ ރަށެކެވެ. އެއީ ގާތްގަނޑަކަށް 858,462 އަކަ ފޫޓެވެ.

ސަވާހިލީގައި ފަތުރުވެރިކަން ތަރައްގީ ކުރަން މީގެ ކުރިން ވެސް އައްޑޫ ސިޓީ ކައުންސިލުން އިއުލާނު ކުރި އެވެ. އަދި އައްޑޫއަށް މިހާރު ވެސް އަންނަ ފަތުރުވެރިން ޒިޔާރަތް ކުރަން ހާއްސަ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ވެސް އެއް އިރެއްގައި ނިންމި އެވެ.

އެ ރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރަން މީގެ ކުރިން ހުޅުވާލުމުން ހުށަހެޅި ބިޑެއް އެ ކައުންސިލުން ގަބޫލު ކުރަން ވެސް ނިންމި އެވެ. ނަމަވެސް އެ ކަންތައް ކުރިއަށްނުދިޔައީ ކީއްވެގެން ކަމެއް ނޭނގެ އެވެ.