9 އޭޕްރީލް 2025 - 07:24 0
އަހުމަދު ދާއޫދު
މިމައްސަލަ ގިނައިން ދިމާވަނީ އަންހެނުންނަށް --
9 އޭޕްރީލް 2025 - 07:24 0
ޖަޕާނުގެ ނާގޯޔާ ޔުނިވާސިޓީގެ ގްރެޖުއޭޓް ސްކޫލް އޮފް މެޑިސިންގެ ސައިންޓިސްޓުން، ބޭސް ބޭނުންކުރުމަކާ ނުލައި މޯޝަން ސިކްނަސް ނުވަތަ ދަތުރުމަތީގައި ބޯއެނބުރުމާ ހޮޑުލުމުން އުނދަގޫވާ ބަލި ކޮންޓްރޯލްކުރުމަށް އާ ގޮތެއް ހޯދައިފިއެވެ. އެއީ ވަކި ހާއްސަ ފްރީކުއަންސީއެއްގެ އަޑެއް ބޭނުންކޮށްގެންނެވެ.
"އެންވަޔަރަންމެންޓަލް ހެލްތް އެންޑް ޕްރިވެންޓިވް މެޑިސިން" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ހޯދައިފައިވާ ގޮތުގައި މޯޝަން ސިކްނަސް ޖެހޭ ގޮތަކީ ލޮލުން ފެންނަ މަންޒަރާއި އިނާ އިއާގެ ބެލެންސް އޯގަންތަކުން ސިގްނަލްތައް ގޯސްކޮށް ފޮނުވުމުގެ ސަބަބުންނެވެ. 100 ހާޓްޒް (Hz) ފްރީކުއަންސީގެ އަޑަކީ އިނާ އިއާގެ އޮޓޮލިތިކް އޯގަންތަކަށް އަސަރުކުރާ އަޑެއްކަން އެ ދިރާސާގައި ހޯދައިފައިވެ އެވެ. މި އަޑަށް ކިޔަނީ "ސައުންޑް ސްޕައިސް" އެވެ.
ދިރާސާގައި ބައިވެރިވީ މޯޝަން ސިކްނަސް ޖެހޭ މީހުންނެވެ. އެ މީހުން ހެއްލާ އުނދޯލިތަކާއި، ޑްރައިވިން ސިމިއުލޭޓަރތަކާއި، އަދި ކާރުދަތުރު ތަކުގައި ބައިވެރި ކޮށްގެން ތަޖުރިބާ ކުރެވުނެވެ. އެމީހުންނަށް ދަތުރުގައި ވާހަކަ ފޮތް ފަދަ ތަކެތި ކިޔަން ދެވުނެވެ، މިއީ މޯޝަން ސިކްނަސް އިތުރުވާ ކަމެކެވެ. ކޮންމެ ސެޝަނަކަށް ފެށުމުގެ ކުރިން، އޭގެ ތެރެއިން އެއްބަޔަކަށް އެއް މިނެޓަށް 100 ހަރޓްޒް އަޑު ކަންފަތާ ގާތުން އަޑުއިވޭ ގޮތަށް އަދި އަނެއްބަޔަކަށް އެފަދަ އަޑެއް ނުއިވޭ ގޮތަށް ބެހެއްޓުނެވެ.
އަޑު އަޑުއެހި މީހުން އިމްބެލެންސްގެ މާކަރއެއްކަމަށްވާ "އެންވެލޮޕް އޭރިއާ" އިތުރުވިއިރު، އަޑުއިވުނު މީހުންގެ ހިތުގެ ރޭޓް ވޭރިއަބިލިޓީ ރަނގަޅުވިއެވެ. އަދި އަޑު އަޑުއިވުމުގެ ސަބަބުން ޕެރަސިމްޕަތެޓިކް އެކްޓިވިޓީ އިތުރުވެ، ސިމްޕަތެޓިކް ޑޮމިނަންސް ދަށްވިއެވެ.
އަޑުގެ ލެވެލް 80 އިން 85 dBZ އީ އަކީ ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ލިމިޓަށްވުރެ ދަށް އަޑެކެވެ. އަޑު އިއްވާ ވަގުތު އެ އަޑު އިއްވަނީ އެއް މިނެޓްގެ ކުޑަ ވަގުތުކޮޅަކަށް ކަމުން އެކަމުގެ ރިސްކް އިތުރަށް ކުޑަވެ އެވެ. ފަންނީ ބޭފުޅުން ކަށަވަރުކޮށްފައިވަނީ މި އަޑު ސީދާ އިނާ އިއާއަށް އަމާޒުކޮށްގެން އިއްވިޔަސް އަޑުއިވުމަށް އަސަރެއް ނުކުރާކަމަށެވެ. މާނައަކީ އެއްވެސް އިތުރު ގެއްލުމެއް ނުވާނެކަމެވެ.
މި ޓެކްނޮލޮޖީގައި ސަމާލުކަންދޭން ޖެހޭ މުހިންމު ހަތަރު ކަމަކީ ދެ ކަންފަތަށްވެސް އެއްވަރަށް އަޑުއިއްވުމާއި، ފްރީކުއަންސީ 100 ހާޓްޒްގައި ހުރުމާއި، އަޑުގެ ޕްރެޝަރު 80-85 dBZ ގައި ހުރުމާއި އަދި އަޑުއިވޭ ވަގުތު އެއް މިނެޓްގެ ވަގުތެއް ހުރުމެވެ.
މި އަޑުގެ ޓެކްނޮލޮޖީ ކާރުގެ ހެޑްރެސްޓްތަކުގައި، މަތިންދާ ބޯޓުގެ ގޮނޑިތަކުގައި، ނުވަތަ އަޑުއަހާ ސާމާނުގައި ހިމެނިދާނެއެވެ. ދިރާސާކުރާ ފަރާތްތަކުން މިހާރު ރާވަނީ ދަތުރުގެ ތެރޭގައި އަޑު ބޭނުންކުރުމުން ލިބޭ ނަތީޖާތައް ދެނެގަތުމަށެވެ.
ދަތުރުފަތުރު ކުރުމުގައި މޯޝަން ސިކްނަސްގެ ސަބަބުން އުނދަގޫވާ އެތައް ބަޔަކަށް މިއީ ބޮޑު ލުޔެއް ގެނެސްދޭނެ ކަމެކެވެ. ހާއްސަކޮށް އަމިއްލައަށް ދުއްވާ ކާރުތަކުގައި ދަތުރުކުރާ މީހުންނަށް، ބޭރަށް ބަލައިގެން ބެލެންސް ބެހެއްޓުމުގެ ބަދަލުގައި މި ފަރުވާ ބޭނުންކުރެވިދާނެއެވެ.
Comment