އެލިއާ ސްޓޯރުގެ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަނުގައި ސައިކަލެއް ހޯދުމުގެ ފުރުސަތު

7 އޭޕްރީލް 2025 - 03:35 0

ލީވާން އަލީ ނާސިރު

ލ

އެލިއާގެ ޝޮޕް އެންޑް ވިން ޕްރޮމޯޝަންގައި ނަސީބުވެރިޔާއަށް ދޭ ސައިކަލު - ފޮޓޯ: އެލިއާ


އެލިއާ ސްޓޯރުގެ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަނުގައި ސައިކަލެއް ހޯދުމުގެ ފުރުސަތު

7 އޭޕްރީލް 2025 - 03:35 0

އެލިއާ ސްޓޯރުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސައިކަލެއްގެ އިތުރުން އަގުހުރި އިނާމުތަކެއް ލިބޭ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލިއާ ސްޓޯރުން 500ރ. އަށްވުރެ މަތިން ވިޔަފާރިކޮށްލުމުން އެ ޕްރޮމޯޝަންގެ ލަކީ ޑްރޯގެ ކޫޕަނެއް ލިބެ އެވެ. އަދި އެ ކޫޕަން ފުރިހަމަ ކުރުމަށްފަހު ޝޯރޫމްގައި ބަހައްޓާފައިވާ ކޫޕަން ފޮށްޓަށް ލައިގެން ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

އެލިއާ އިން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މާޗު 1، އިން ފެށިގެން އެޕްރިލް 30، ގެ ނިޔަލަށް ކަމަށާއި ލަކީ ޑްރޯ ހޮވުން އޮންނާނީ މެއި 3، ގައި ކަމަށެވެ.

ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ތިން މީހަކަށް ޓޯޓަލް ޓޫލްސް ޓޫލް ސެޓެއް، ޓޯޓަލް ޓޫލްސް ކޯޑްލެސް ކޮމްބޯ ކިޓެއް، ނުވަތަ ޔަމަހާ ގިއާ ސައިކަލެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

"ޓޯޓަލް ޓޫލްސް" ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރަކީ އެލިއާ ސްޓޯރެވެ. އެއީ ރާއްޖެއަށް ވަރަށް ފަހުން ތައާރަފް ކުރެވިފައިވާ ނަމަވެސް ދިވެހިންގެ އިތުބާރާއިއެކު މަގުބޫލުކަން ހޯދަމުންދާ ބްރޭންޑެކެވެ.

އެލިއާއަކީ ފެންވަރު ރަނގަޅު، އިތުބާރުހުރި އުފެއްދުންތަކާއި ހިދުމަތްތައް އަބަދުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

އެލިއާ ސްޓޯރުގެ ޕްރޮމޯޝަނާ ގުޅޭ އެންމެފަހުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އަގުހުރި އިނާމުތައް ހޯދުމަށް އެލިއާ ސްޓޯރަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން އެދެ އެވެ.