ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

6 އޭޕްރީލް 2025 - 08:20 0

ލީވާން އަލީ ނާސިރު

ލ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން: ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދިނުމާއި ރެގިއުލޭޓުކުރުމުގެ ކަންކަން ކުރަނީ މި ކޮމިޝަނުން ---


ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

6 އޭޕްރީލް 2025 - 08:20 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް މެންބަރަކު އައްޔަނުކުރަން ފުރުސަތު ހުޅުވާލީ އެޕްރިލް 15، ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގުރާރު، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރޯކޯޑު ފޯމު އަދި ކުރިމަތިލާ މީހާގެ ވަނަވަރު ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ.

އެގޮތުން މެންބަރުކަމަށް ކުރިމަތިލާން ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ފޯމުތައް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބުރައީސް މުހައްމަދު ފަޒީންގެ މެންބަރުކަމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާދިނީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަމުންދަނިކޮށެވެ.